ބޭނުންވާތަކެތި
ބައިކިލޯފުއް
ބައިޖޯޑު ގިތެޔޮ ( ނުވަތަ މާޖިރިން )
2ބިސް ( ގިރާފައި )
2 ސައިސަމުސާ އީސްޓް
1 މޭޒުމަތީސަމުސާހަކުރު
ތާފަނާ ފެން
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ފުށާއި، އީސްޓް، ލޮނު، ބިސް އަދި ހަކުރު އެއްކޮށްލުމަށްފަހު ގިތެޔޮކޮޅު އެއްކޮށްގެން މޮޑެލައްވާށެވެ. ދެންތާފަނާފެން އެއްކޮށްގެން ފުށްގަޑު ދަމާލެވޭވަރަށް މޮޑެފައި ބާއްވަވާށެވެ. ދެންފުއްގަނޑު ކުދިކޮށް ގުޅަގުޅަ ކަނޑާލުމަށްފަހު ފުއްގުޅައެއް ނަގާފައި ދެމުނުހާތުނިކޮށް ދަމާލާށެވެ. ދެންމެދުންލޯވަޅެއް ހަދާލުމަށްފަހު ކެނޑެންދެން ދެފަރާތަށް އޮޅަމުންދާށެވެ. ދެންދެކޮޅުދެފަރާތަށް ވައްކޮށްއޮޅާލުމަށްފަހު (އުޅާޅިއޮޅާފައިހުންނަގޮތަށް) އެއްބައިމައްޗަށް އަނެއްބައިލާފައި އަނެއްފަހަރު ދަމާލާށެވެ. ތަންކޮޅެއްބޯކޮށް ދަމާލުމަށްފަހު ރޮށިފިހޭތަވާ ދޮންކޮށްގެން ފަރާޓާގެ ދެފަރާތުގައި ގިތެޔޮ ހޭކުމައްފަހު ފިހެލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...