ދިއިސްލާމް ހަތަރު އެއްބަސްވުމެއްގައި ސާކްގެ ޤައުމުތަކުން ސޮއިކޮށްފި

ހަތަރު އެއްބަސްވުމެއްގައި ސާކްގެ ޤައުމުތަކުން ސޮއިކޮށްފި

އައްޑޫ ސިޓީ އިކުއޭޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ބޭއްވި 17 ވަނަ ސާކް ސަމިޓްގެ ތެރެއިން – ފޮޓޯ : ރައީސް އޮފީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީ އިކުއޭޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ބޭއްވި 17 ވަނަ ސާކް ސަމިޓްގެ ތެރެއިން – ފޮޓޯ : ރައީސް އޮފީސް

އައްޑޫ ސިޓީގައި މި މަހުގެ 10 ން 11 ށް ބޭއްވި 17 ވަނަ ސާކްސަމިޓްގައި މެންބަރު ޤައުމުތަކުން ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރައީސް ނަޝީދު ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި މެންބަރު ޤައުމުތަކުން ސޮއިކުރި ހަތަރު އެއްބަސްވުމަކީ ޤުދުރަތީ ހަދިސާތަކުގައި ޢަމަލުކުރާނެ ގޮތުގެ އެގްރިމެންޓަކާއި އެގްރިމަންޓް އޮން މަލްޓިލެޓްރަލް އެރޭންޖްމަންޓް އޮން ރެކޮގަނައިޒޭޝަން އޮފް ކޮންފާމިޓީ އެސެސްމަންޓާއި ސަރަހައްދީ މިންގަނޑުތަކެއް ކަނޑައެޅުމުގެ އެގްރިމެންޓު އަދި ސާކުގެ ސީޑް ބޭންކް އެގްރިމަންޓެވެ.

މިއެގްރިމެންޓްތަކުގައި ޤައުމުތަކުގެ ފަރާތުން ސޮއިކުރެއްވީ ސާކްގެ 8 ޤައުމުގެ ޚާރިޖީ ވަޒީރުންނެވެ. މި އެއްބަސްވުން ފާސްކޮށްފައިވަނި "އައްޑޫ ޑެކްލަރޭޝަން" ގެ ނަމުގައެވެ. އަދި މިޖަލްސާގައިވަނީ 18 ވަނަ ސާކްސަމިޓް އޮންނާނެ ޤައުމަކީ ނޭޕާލްކަމަށް ވެސް އިޢުލާންކޮށްފައެވެ.

ސާކްގެ ޤައުމުތަކުން އެއްބަސްވި ކަންތައްތައް ތަންފީޒުކުރައްވަން  މަސައްކަތްކުރައްވާނެކަމަށް ސަމިޓް ނިންމާލަމުން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.  މި ސަމިޓް ބާއްވާފައި ވަނީ އައްޑޫ ސިޓީގައި އަލަށް ހެދި އިކުއޭޓޯރިއަލް ކޮންވެންޝަން ސެންޓަރުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.