ދިއިސްލާމް ކިނޮޅަހުގައި ކުލަގަދަކޮށް ޢީދު ފާހަގަކޮށްފި

ކިނޮޅަހުގައި ކުލަގަދަކޮށް ޢީދު ފާހަގަކޮށްފި

ކިނޮޅަހުގައި ކުލަގަދަކޮށް ޢީދު ފާހަގަކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

        

ރ. ކިނޮޅަހުން؛ އަބްދުﷲ ޝަރީފް

  ޢަދާލަތު ކިނޮޅަހު ގޮތްޕާއި އަދާލަތު ޕާޓީ ގުޅިގެން ކިނޮޅަހުގައި މިއަހަރު އަޟްޙާ ޢީދު ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ކުޅިވަރުތައް ފެށުނީ ޢީދު ދުވަހުގެ ހެނދުނު މަންޑި ކުޅުމުންނެވެ. ކުޅިވަރުތައް އޮތީ ކިނޮޅަހު ބޯޅަ ބިންގަނޑު ސަރަހައްދުގަ އާއި ބަށިކޯޓް ސަރަހައްދުގައި ކޮންމެ ދުވަހަކު ހެނދުނާއި މެންދުރާއި ހަވީރު އަދި ރޭގަނޑުއެވެ.މިކުޅިވަރުތައް ޢީދުގެ ތިން ދުވަހަށް ކުރިއަށް ދިޔައެވެ.

 

މި ކުޅިވަރުތައް އެންމެ ފުރިހަމައަށް ގެންދިއުމަށްޓަކައި މާލެއިން ޢަދާލަތު ޕާޓީގެ ފަރާތުން ވަފުދެއް ކިނޮޅަހަށް ޒިޔާރަތްކޮށްފައިވެއެވެ. ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ނާއިބު ރައީސް ޑރ.މައުރޫފް ހުސައިނެވެ. ކުޅިވަރުތައް ރާވާ، ހިންގެވުމުގައި އިސްކޮށް ހުންނެވީ އަދާލަތު ޕާޓީގެ އަންހެނުން މަޖުލީހުގެ ނާއިބު ރައީސް މަރިޔަމް ޖަލީލެވެ. އެބޭފުޅުންނާއި ކިނޮޅަހުގެ ހިތްވަރުގަދަ ޢަދާލަތު މެމްބަރުން އަދި އަދާލަތު ޕާޓީއަށް ހެޔޮ އެދޭ ފަރާތްތަކުގެ އެހީއާއިއެކު  ކުޅިވަރުތައް ވަރަށް ފޯރިއާއިއެކު ކުރިއަށްދިޔައެވެ.

 

ފުރަތަމަ ދުވަހުގެ ކުޅިވަރުތައް ފެށުނީ 5 ކައުންސިލަރުންނާއި ޕާޓީގެ ނައިބު ރައީސް އަދި ޕާޓީ ކިނޮޅަހު ގޮފީގެ ރައީސްގެ ވަރަށް ފުރިހަމަ އައިޓަމަކުންނެވެ. މި އައިޓަމަކީ މިކުޅިވަރުތައް ފެށުމުގެ ގޮތުން އޮތް ވަރަށް ޙާއްސަ އައިޓަމެކެވެ. ކުޅެވުނު ކުޅިވަރުތަކުގެ ތެރޭގައި ގޯނިރޭސް، ދަޅުވެއްޓުން، ބިސްރޭސް، ސާންޑް، ބޯޅަ ޖެހުން، ދުވުން، ބައިބަލާ މިފަދަ ގިނަ ކުޅިވަރުތަކެއް ކުޅެވުނެވެ. އެންމެ ފަހު ކުޅިވަރެއްގެ ގޮތުން އޮތީ ވާދެމުމެވެ. މި ހުރިހާ ކުޅިވަރެއްވެސް ކުރިއަށްދިޔައީ ދެޖިންސު ވަކިންނެވެ. ކުޅިވަރުގައި ބައިވެރިވި ފަރާތްތަކަށާއި ވަނަ ހޯދި ފަރާތްތަކަށް އިނާމު ދިނުން އޮތް މި ކުޅިވަރުތަކުގައި ހުރިހާ އުމުރު ފުރާތަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފާ އޮތް ކަމަށް މަޢުލޫމާތު ލިބިފާވެއެވެ.

 

އަދި މިކަމުގައި ކިނޮޅަހުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ވަރަށް ބޮޑަށް ފާހަގަކުރެވުނެވެ. މިކަން ޢަދާލަތު ޕާޓީއާއި ޢަދާލަތު ޕާޓީގެ ކިނޮޅަހުގޮފިންވެސް ވަނީ ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.