08 ނޮވެމްބަރު 2011 (މިނާއިން)
މިއަހަރު ގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް އެކި ޤައުމުތަކުން ވަޑައިގެންތިއްބެވި ވެރިންނަށް ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދު ދެއްވި ފަރިއްކޮޅެއްގައި ދިވެހި ރާއްޖޭގެ ނާއިބު ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު ބައިވެރިވެވަޑައިގެންފިއެވެ. އެމަނިކުފާނުގެ އަރިހުގައި ދިވެހިރާއްޖެއިން ސުޢޫދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އޮނަރަބުލް އާދަމް ޙަސަން އާއި އަދި އެމްބަސީގެ މުސްތަޝާރު އަލްއުސްތާޛް އާދަމް މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްގެފާނުގެ ފަރާތްޕުޅުން މި ޖާފަތުގައި ބައިވެރިވެވަޑައިގެންނެވީ ސުޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ދާޚިލީ ވަޒީރު އަލްއަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒް އާލްސުޢޫދު އެވެ. މި ހަފްލާގައި ނާއިބު ރައީސް، ވަލީޢަހްދު ނާއިފް ބިން ޢަބްދުލްޢަޒީޒް އާއި ބައްދަލުކުރެއްވިއެވެ، އަދި ސުޢޫދީ ސަރުކާރުން ދިވެހި ޙައްޖުވެރިންނަށް ދެއްވި މެހްމާންދާރިއަށްޓަކައި ޝުކުރު ދެންނެވިއެވެ.
މިފަރިއްކޮޅުގައި، މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވި އިސްލާމީ ބައެއް ޤައުމުތަކުގެ އެހެން ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެބޭފުޅުންގެ ތެރޭގައި، ކޮމޯރޯސްގެ ރައީސާއި، މެލޭޝިޔާގެ ބޮޑުވަޒީރާއި، މޮޒަމްބީކްގެ ބޮޑުވަޒީރު ހިމެނިވަޑައިގަންނަވައެވެ.
މި ޙަފްލާ އޮތީ މިނާގައި ހުންނަ ރަސްގެފާނުގެ ގަނޑުވަރުގައި 07 ނޮވެމްބަރު 2011 ވީ ހޯމަދުވަހުގެ މެންދުރު ފަހުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...