ހދ.ކުޅުދުއްފުއްޓަށް އިއްޔެ މެދުކެނޑުމެއްނެތި ބޯކޮށް ވާރޭވެހި ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެއްޖެ އެވެ.
އެރަށުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާގެ ކުޅުދުއްފުށީ ޕޯސްޓުން ވަނީ އެރަށު ދެސަރައްޙައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތްކޮށްފައެވެ. ސިފައިން ބުނީ އެރަށުގެ ގިނަ ގެތަކަށް ފެންގަނޑުވަދެ ރަށު ރައްޔިތުންނަށް އުނދޫގޫތަކެއް ކުރިމަތިވި ކަމަށެވެ.
އިއްޔެ ހެނދުނު 10:30 ގައި ފެށި ފެންހިއްކުމުގެ މަސައްކަތް ނިންމާލާފައިވަނީ ރޭ 21:35 ހާއިރު ކަމަށް ސިފައިން ބުންޏެވެ.
މި ޙާދިޘާގައި އެއްވެސް މީހަކަށް އަދި މުދަލަކަށް ގެއްލުމެއް ނުލިބެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...