ދިއިސްލާމް އިޒްރޭލަކީ ޔަހޫދީންގެ ބިމެއް ކަމުގައި ކަނޑައަޅަން ޤާނޫނެއް ހުށަހަޅައިފި

އިޒްރޭލަކީ ޔަހޫދީންގެ ބިމެއް ކަމުގައި ކަނޑައަޅަން ޤާނޫނެއް ހުށަހަޅައިފި

އިޒްރޭލަކީ ޔަހޫދީންގެ ބިމެއް ކަމުގައި ކަނޑައަޅަން ޤާނޫނެއް ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުގެ މަޖިލިސް ކުރާގޭ ތެރެ

 

ފަލަސްޠީނުގެ ބިންތައް ހިފުމަށްފަހު ގަދަބާރުން އުފައްދާފައިވާ އިޒްރޭލްގެ ބިމަކީ ޔަހޫދީންގެ ބިމެއްކަމުގައި ބަޔާންކޮށްފައިވާ ޤާނޫނަކަށް ބަހުސްކުރުމަށް އެޤައުމުގެ ޕާލަމެންޓުން ތައްޔާރުވެއްޖެއެވެ. މިބިލަކީ ނަސްލީތަފާތު ކުރުމުގެ ބިލެއްކަމަށް ބުނެ، ބައެއް މެމްބަރުންވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.

މިބިލް ފާސްވެއްޖެނަމަ، އިޒްރޭލް މިހާރު އޮތް ބިމަކީ ޔަހޫދީންގެ ބިމެއްކަމަށް ކަނޑައަޅާނެއެވެ. އަދި ހިބްރޫއަކީ ރަސްމީ ބަސް ކަމުގައި ހަމަޖެހިގެންދާނެއެވެ. އަދި މިހާރު ހިބްރޫއާއި އެކީ ރަސްމީ ބަހެއްގެ ގޮތުގައި ބަލާ ޢަރަބި ބަހަށް "ޚާއްޞަ ޤަދަރެއް" ދެވޭނޭކަމަށް މިބިލްގައި ބަޔާންކޮށްފައިވެއެވެ.

މިބިލަކީ ނަސްލީ ތަފާތުކުރުމުގެ ބިލެއްކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރައްވަނީ ވާތުފިޔައިގެ މެމްބަރުންނާއި ފަލަސްޠީނަށް ނިސްބަތްވާ އިޒްރޭލްގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނެވެ. މަޖިލީހުގެ މެމްބަރަކު މިބިލް ބޭރުކޮށްލުމަށް އެދި ރައީސަށް ހުށަހެޅުއްވިއެވެ. އެހެންނަމަވެސް، މަޖިލީހަށް އެއްޗެއް ހުށަހަޅުމުގެ ދޮރު ބަންދުނުކުރެވޭނޭކަމަށް ބަޔާންކޮށް އެޕެޓިޝަނަށް މަޖިލީހުގެ ރައީސްވަނީ ދެކޮޅުހަދާފައެވެ.

މިބިލަށް އިޒްރޭލްގެ ޤާނޫނު ހަދާ މަޖްލީހުގެ ޤާނޫނީ ކަންތައްތަކާއިބެހޭ ކޮމިޓީގައި މިއަންނަ ހަފްތާގައި މަޝްވަރާކުރާގޮތަށް ހަމަޖެހިފައިވެއެވެ.

މަޞްދަރު: ޕްރެސްޓީވީ

ޓެގް

ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.