ދިއިސްލާމް ވިލާ ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވަލައިފި

ވިލާ ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވަލައިފި

ވިލާ ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ މަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވަލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވިލާ ކޮލެޖުން ޖެނުއަރީ 2012 ގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވަލައިފި އެވެ.

އެ ކޮލެޖުން 42 ކޯހެއް އިޢުލާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި މާސްޓަރސް ފެންވަރުގެ 4 ކޯހަކާއި، ބެޗްލަރސް ޑިގްރީގެ 10 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 7 ކޯހެއް ހިމެނެއެވެ.

މިގޮތުން ހުޅުވާލާފައިވާ ކޯސްތަކުގެ ދާއިރާތަކަކީ އިންފޮމޭޝަން ޓެކްނޮލޮޖީ، މަލްޓިމީޑިއާ ޓެކްނޮލޮޖީ، ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް، ބިޒްނަސް ސްޓަޑީޒް، އެކައުންޓިންގ، ހިއުމަން ރިސޯސް މެނޭޖްމަންޓް، އެޑިއުކޭޝަން،  ޓީޗިންގ، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް، އެސޯސިއޭޝަން އޮފް ޗާޓަޑް ސެޓިފައިޑް އެކައުންޓަންޓް (އޭސީސީއޭ) އަދި ޗާޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓް (ސީމާ) އެވެ.

އެ ކޮލެޖުން ހާމަކުރާ ގޮތުގައި، މިކޯސްތަކުގައި ބައިވެރިވުމަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މިއަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި ކޯސްތަކާ ގުޅޭ މަޢުލޫމާތު އަދި އެޕްލިކޭޝަން ފޯމް ވިލާ ކޮލެޖްގެ ވެބްސައިޓުންނާއި، ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް އެ ކޮލެޖުން ބުނެއެވެ.

17 އޮކްޓޯބަރ 2007 ގައި ރާއްޖޭގެ ފުރަތަމަ ޕްރައިވެޓް ކޮލެޖްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގައި ރެޖިސްޓްރީ ކުރެވި ހުއްދަލިބިގެން ހިންގަމުންދާ ވިލާ ކޮލެޖްގައި މިހާރު ގާތްގަނޑަކަށް 1600 އަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމް ޙާޞިލްކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެ ކޮލެޖްގައި 5 ފެކަލްޓީ އާއި 1  ޕްރޮފެޝަނަލް ސްޓަޑީޒް ސެންޓަރ ވަނީ މިހާރު ޤާއިމްކުރެވިފައެވެ. އެއީ މާލޭގައި ހުންނަ ވިލާ ކޮލެޖްގެ ކިއު.އައި ކެމްޕަހުގައި ހިންގަމުންދާ ފެކަލްޓީ އޮފް ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް، ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒް، ފެކަލްޓީ އޮފް ކޮމްޕިއުޓިންގ އެންޑް ބިޒްނަސް މެނޭޖްމަންޓް އަދި ސެންޓަރ ފޯރ ޕްރޮފެޝަނަލް ސްޓަޑީޒް ގެ އިތުރުން ސަން އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ހިންގަމުންދާ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ މެނޭޖްމަންޓް އެންޑް ޓޫރިޒަމް ސްޓަޑީޒް އަދި ފެކަލްޓީ އޮފް މެރިން ސްޓަޑީޒް އެންޑް ވޯޓަރ ސްޕޯޓްސް އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.