ދިއިސްލާމް ހޫނު ޚަބަރު : ސާކް ސަމިޓާ ގުޅުވައިގެން ޘަޤާފީ ކުޅިވަރުގެ ނަމުގައި ލާދީނީ ޝިޢާރުތައް ފާޅުކުރަނީ!

ހޫނު ޚަބަރު : ސާކް ސަމިޓާ ގުޅުވައިގެން ޘަޤާފީ ކުޅިވަރުގެ ނަމުގައި ލާދީނީ ޝިޢާރުތައް ފާޅުކުރަނީ!

ހޫނު ޚަބަރު : ސާކް ސަމިޓާ ގުޅުވައިގެން ޘަޤާފީ ކުޅިވަރުގެ ނަމުގައި ލާދީނީ ޝިޢާރުތައް ފާޅުކުރަނީ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިމަހުގެ 10 ން 11 ށް އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ 17 ވަނަ ސާކް ސަމިޓުގެ ހަވާސާގައި ކަމަށް ބުނެ މިހާރު ފަށާފައިވާ ޘަޤާފީ ކުޅިވަރުތަކުގެ ތެރޭގައި ލާދީނީ ޝިޢާރުތައް ފާޅުކުރަމުން އެބަދެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އައްޑޫ ސިޓީގެ މަރަދޫ އަވަށުގައި ބޭއްވި ޝޯއެއްގައި ވަނީ ވަރަށް ބޮޑަށް ބުދު ދީނުގެ ޝިޢާރު ފާޅުކޮށް، އިންޑިއާގެ އަންހެނުންގެ ފާޙިޝް އަދި ހުތުރުކަން ބޮޑު ނެށުންތައް ދައްކާފައެވެ. މި ނެށުމުގައި ބުދު ދީނުގެ ކަލާނގެ ސިފަކޮށްދޭ ނެށުންތައް ދައްކާފައި ވެއެވެ. މީގެ ފޮޓޯތައް ރާއްޖޭގެ ބައެއް މީޑިއާތަކުގައި ވަނީ އާއްމުވެސް ކޮށްފައެވެ.

ސަރުކާރުން މިއަހަރުގެ ސެޕްޓެމްބަރު 17 ގައި އާއްމުކޮށްފައިވާ "ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤަވާއިދު" ގެ 9 ވަނަ މާއްދާގައި ބުނާ ގޮތުގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ޣައިރު މުސްލިމުންނާއި، ދިވެހިރާއްޖެ އަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑު ގޮތެއްގައި އެމީހުންގެ ދީނީ ޝިޢާރު ފާޅުކުރުމާއި އާއްމު ތަންތަނާގައި ޖަމާޢަތް ހަދައިގެން އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ ދީނީ ޙަރަކާތްތައް ހިންގުމާއި، އެމީހުންގެ އެފަދަ އެއްވެސް ޙަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.