ދިއިސްލާމް އިސްލާމިކް ފައުންޑޭޝަނުން އުޟްޙިޔާގެ ގޮތުގައި 62 ބަކަރި ކަތިލައިފި

އިސްލާމިކް ފައުންޑޭޝަނުން އުޟްޙިޔާގެ ގޮތުގައި 62 ބަކަރި ކަތިލައިފި

އިސްލާމިކް ފައުންޑޭޝަނުން އުޟްޙިޔާގެ ގޮތުގައި 62 ބަކަރި ކަތިލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

އައިއެފްއެމް އިން އުޟްޙިޔާ ކަތިލަނީ – ދިއިސްލާމް ފޮޓޯ / މުޙައްމަދު އާދަމް

އިސްލާމިކް ފައުންޑޭޝަން އޮފް ދި މޯލްޑިވްސް (އައިއެފްއެމް) އިން އުޟްޙިޔާގެ ގޮތުގައި 62 ބަކަރިއާއި 2 ގެރި ކަތިލައިފިއެވެ.

މިއަދުގެ ޢީދު ނަމާދަށްފަހު މާލޭގެ ތައިސޭ ކޮށީގައި ބޭއްވި އުޟްޙިޔާ ކަތިލުމުގެ ޙަރަކާތުގައި، އައިއެފްއެމްގެ ޢިލްމުވެރިންގެ މަޖްލީހުގެ ނައިބް ރައީސް އައްޝައިޚް އިބްރާހީމް ފަރީދު މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ  ދަތި ކަމަކަށް ނުވާނަމަ އަންނަ އަހަރު، އުޟްޙިޔާގެ ގޮތުގައި ކަތިލުމަށް ޖަމަލެއް ރާއްޖެ ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޝައިޚް ފަރީދު ވިދާޅުވީ މިކަމަކީ މަޖަލަކަށް ކުރެވޭ ކަމެއް ނޫން ކަމަށާއި، މިކަމަކީ ފާފަތައް ފުއްސެވުމާއި ގަދަވެގެންވާ ސުންނަތެއްގެ ގޮތުގައި ކުރެވޭ ކަމެއް ކަމަށެވެ.

މި ޙަރަކާތުގައި ގިނަ ޢަދަދެއްގެ މީހުން ބައިވެރިވިއެވެ.

އައިއެފްއެމް އިން މީގެ ކުރިން ބުނެފައި ވަނީ އެ ޖަމްޢިއްޔާ އިން 300 އަށްވުރެ ގިނަ ބަކަރި ކަތިލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިޚަބަރާ ގުޅޭ އިތުރު ފޮޓޯތައް ބެއްލެވުމަށް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.