ދިއިސްލާމް ޖަމްޢިއްޔަތުއްސަލަފާއި ޒުވާނުން ގުޅިގެން އަޟްހާ ޢީދު ފާހަގަކުރަނީ

ޖަމްޢިއްޔަތުއްސަލަފާއި ޒުވާނުން ގުޅިގެން އަޟްހާ ޢީދު ފާހަގަކުރަނީ

ޖަމްޢިއްޔަތުއްސަލަފާއި ޒުވާނުން ގުޅިގެން އަޟްހާ ޢީދު ފާހަގަކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

މިއަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަގަކުރުމަށް ސަލަފާއި ޒުވާނުން ގުޅިގެން ބޭއްވި ހަރަކާތުގެ ތެރެއިން – ދިއިސްލާމް ފޮޓޯ / އިބްރާހީމް އަޝްވާޤް

ޖަމްޢިއްޔަތުއްސަލަފާއި ޒުވާނުން ގުޅިގެން މިއަހަރުގެ އަޟްހާ ޢީދު ދުވަސް ފާހަގަކުރުމަށްޓަކައި ޚާއްޞަ ހަރަކާތެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެ ޖަމްޢިއްޔާގެ އޮޕަރޭޝަންސް މެނޭޖަރ ޢަލީ ރަމީޒް ދިއިސްލާމަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ޙަފްލާ އޮންނާނީ ޢީދު ނަމާދަށްފަހު އިމާދުއްދީން ސްކޫލްގައެވެ. މި ހަރަކާތުގައި ބޮނޑިބަތްކެއުން އޮންނާނެ ކަމަށް އެ ޖަމްޢިއްޔާ އިން ބުންޏެވެ.

ޢަލީ ރަމީޒް ވިދާޅުވީ މި ހަރަކާތުގެ ބޭނުމަކީ ވީހާވެސް ގިނަ ކުޑަކުދިންނާއި އަޚުންނާއި އުޚުތުން ޢީދުގެ އުފަލުގައި ބައިވެރިވެ އަކަކު އަނެކަކަށް އުފާވެރިކަމުގެ ތަހުނިޔާ ކިޔައި، ޢީދުގެ އުފާ ޙާޞިލްކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ އެދުމަކީ ހުރިހާ ކުދިން ވެސް ޢީދުގެ އުފަލުގައި ބައިވެރިވުން. މިހަރަކާތުގައި އޮންނަނީ ހަމައެކަނި ބޮނޑިބަތް ކެއުމެއް ނޫން. ބޭނުމަކީ އެންމެން އެއްތަނަކުން ބައްދަލުވެ ޢީދުގެ އުފާ ޙާޞިލްކުރުން" ޢަލީ ރަމީޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަދައިން ޢީދު ފާހަގަ ކުރަމަށް އެ ޖަމްޢިއްޔާ އިން ޚާއްޞަ ހަރަކާތް ހިންގަމުން އަންނަތާ ދެތިން އަހަރު ވެދާނެ ކަމަށެވެ.

މިއަހަރުގެ ފިޠުރު ޢީދު ދުވަސް ފާހަގަކުރުމަށް ސަލަފާއި ޒުވާނުން ގުޅިގެން ހަރަކާތް ބާއްވާފައި ވަނީ ތާޖުއްދީން ސްކޫލްގައެވެ. އެދުވަހު ބޮނޑިބަތްކެއުމާއި ކުޅިވަރުކުޅުމުގެ ޙަރަކާތްތައް ކުރިއަށް ގޮސްފައިވެއެވެ. އަދި ރާއްޖޭގެ ބައެއް ޝައިޚުން ވެސް ބައިވެރިވެލެއްވިއެވެ.

މިކަމުގައި ކޮންމެއަހަރަކުވެސް އެހީތެރިވެ އަދި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ސަލަފްގެ ވެބްސައިޓްގައި ޝުކުރު އަދާކޮށްފައިވެއެވެ.

ޓެގް

ޢީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.