ތ.މަޑިފުށީގައި ރޭ ހިނގި އެކްސިޑެންޓެއްގައި 21 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ އެވެ.
ފުލުހުންނާ ޙަވާލާދީ "ހަވީރު" ނޫހުން ބުނިގޮތުގައި މަޑިފުށީ ކިނާރާ ހައުސް، މުޙައްމަދު މުނީޒު މަރުވީ އިތުރު ފަރުވާ ދިނުމަށް ލ. އަތޮޅަށް ގެންދަނިކޮށެވެ.
މި އެކްސިޑެންޓް ހިނގީ އޭނާ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެ ގޮސް ގަހެއްގައި ޖެހިގެން ކަމަށާއި، އެކްސިޑެންޓް ހިނގި އިރު ސައިލްގައި އިނީ އޭނާ އެކަނި ކަމަށް ފުލހުން ބުންޏެވެ.
މަޑިފުށި ސިއްހީ މަރުކަޒާ ޙަވާލާދީ އެނޫހުން ބުނިގޮތުގައި، އެކްސިޑެންޓަށް ފަހު ޒުވާނާ އެ ތަނަށް ގެންދިޔަ އިރު އަނގައިންނާއި ކަންފަތުންނާއި ނޭފަތުން ލޭ އަންނަ ކަމަށާއި އޭނާގެ ކަނާތު ފައި ބިންދައިގެން ގޮސްފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...