
އިސްލާމްދީނާއި ޚިލާފު މިފަދަ ބޮޑުބެރު ޝޯތަށް ޢީދުގެ މި މަތިވެިރި އަޅުކަމާއި ގުޅުވައިގެން ރާއްޖޭގައި ބާއްވަމުންދޭ. – ފޮޓޯ : އޭދަފުށީ ޓައިމްސް
އިރު އޭގެ އުދަރެހުން އަލިވެލަނީ ބަރަކާތުން ފުރިންގެންވާ އުފާވެރިދުވަހަކަށެވެ. އެއީ އުފާ ފާޅުކުރުމުގެ ދުވަހެކެވެ. މުސްލިމުންގެ ޢީދު ދުވަހެވެ. ދުވަހުގެ ޢީދުނަމާދައްފަހު ފެނިގެންދަނީ މުޅިންއެހެން މަންޒަރުތަކެކެވެ. ޢީދުގެ އުފާ ފާހަގަ ކުރުމުގެ ހަފްލާތަކެވެ. އެހެންނަމަވެސް ޒަމާނުއްސުރެ އެދުވަސް އަޅުގަނޑުމެންފާހަގަކުރަމުން މިއަންނަނީ އިސްލާމީ ރިވެތި އުސޫލުތަކާއި އާދަތަކާއި ޚިލާފަށެވެ. އެކި ރަށްރަށުގައި ކުދި ކުދި ތަފާތު ތަކަކާއި އެކުވެސް ކުރެވިގެންދަނީ ހަމަ އެއްކަހަލަ ކަންތައްތަކެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އީދުގެ އާދަކާދަތައް އުފެދި ފައިވަނީ ވަޙުޝީ ތަޞައްވަރެއްގެ މައްޗަށްކަމަށް ބުނަން މިޖެހެނީ އަޅުގަނޑުމެންގެ ކާބަފައިންނަށް ބަދުބަހެއް ރައްދުކުރުމުގެ މަޤުޞަދަކު ނޫނެވެ. އީދުގެ ސަގާފީ ހުރިހާ ކުޅިވަރެއްވެސް އަމާޒުކުރެވިފައިވަނީ ހަމަ އެއްދިމާލަކަށް ކަމަށް ފެނެއެވެ. އެއީ ދެޖިންސުގެ މަސްހުނިވުމާއި ފާހިޝްކަމެވެ. ޤަބޫލުކުރެއްވިޔަސް ނުކުރެއްވިޔަސް ކަންތައްހުރީ މިބީދާއިންނެވެ. އަދި ޚާއްޞަކޮއް އަޅުގަޑުމެންގެ ބަހުރުވައިންނަމަ ބޮޑު ޢީދު ދުވަހުއެވެ. އެގޮތުން ބައެއްކަންތައްތައް އަޅުގަނޑު ހިމަނާލެވޭތޯ ބަލާނަމެވެ.
އެގޮތުން ކުލަޖެހުމާއި ފެންޖެހުން ފާހަގަކޮއްލެވެއެވެ. ކުލަހާކައި ތެންމާލުމެވެ. އަޑިންލާ ހެދުން އަޅުގަނޑުމެން ގެތެރެއަށް ޢާއްމުވީ ދާދި ފަހަކުންނެވެ. ކުރިން އަންހެނުން ހަށިގަނޑު ފޮރުވަނީ (ހެދުމެއް ނުވަތަ ލިބާހެއްފަދަ) އެންމެ ފޮތިގަނޑަކުންނެވެ. އެފޮތިގަނޑު ތެންމާލުމާއެކު ހަށިގަނޑުގެ ވަނާތަށް ހުންނަނީ ދިމާލަށް ފެންނާށެވެ. ޒުވާން އަދި ދެބައި އުމުރުގެ އަންހެނުންވެސް ތެންމާލުމަކީ ފިރިހެންވެރިންގެ މައިގަނޑު މަޤުޞަދަކަށް އޮންނަނީ ވެފައެވެ. ދެން އޮންނަނީ ގެންގޮސް މޫދަށްލުމެވެ. ގެންދެވުނުގޮތަކަށް ގެންގޮސް މޫދަށްލުމެވެ. މައިންބަފައިންގެ ތެރެއިންވެސް އެމީހުންގެ އަނބިންނާއި އަންހެންދަރިންގެ ގައިގައި ފިރިހެނަކު އަތްލާތޯ ބަލާ ފާރަލާ ހަދާމީހުންވެސް ޢީދުދުވަހު އެމީހުންގެ އަނބިންނާއި އަންހެންދަރިންގެ އަތުގައި ހިލޭފިރިހެނަކު (ނުވަތަ ފިރިހެނުންތަކެއް) ހިފައިގެން ނުވަތަ ނަގައިގަނެގެން، ބައްދާލައިގެން ނުވަތަ އުރާލައިގެން މޫދަށްގެންދާތަން ބަލަން ހިނިއައިއްސައި ތިބޭނެއެވެ. ޢީދުވިއްޔާއެވެ. ހިލޭ ފިރިހެނަކު ހިލޭ އަންހެނެއްގެ ގައިގާ އަތްލުމަކީ ދީނީ ގޮތުން ހުއްދަ ކަމަކަށް ނުވާއިރު ޢީދުދުވަހަކީ އެކަން އެންމެ ގަދަޔަށް ކުރެވޭ ދުވަހަކަށް ވެދެއެވެ.
ރޭވިފައި ހުންނަ ގިނަ ކުޅިވަރުތައްވެސް ހުންނަނީ ދެޖިންސުގެ މަސްހުނިކަމާއި ފާހިޝް ކަމަށް މަގު ދައްކާ ފަދަޔަކުންނެވެ. ރާއްޖޭގެ ތަފާތު ރަށްރަށުގައި ތަފާތު ތަކަކާއި އެކު ނަމަވެސް ކުޅެވޭ ކޯޑި ކުޅިވަރަކީ މިފަދަ ކުޅިވަރެކެވެ. މިކަމުގައި އޮންނަނީ އަންހެނުން ނަލަހައްދައިގެން އެމީހުން ވަށާ ފިރިހެނުންތައް ލަވަކިޔާ ނަށާ އެނބުރުމެވެ. ފިރިހެނަކު އަންހެނުންގެ ފަރާތުން 'ހަދިޔާ' ލިބޭގޮތަށް ކޯޑި ކެނޑުމެވެ. އެއީ ކިހާވަރެއްގެ ކޮންކަހަލަ 'ހަދިޔާ'އެއްކަން އެނގޭނީ ހަމަ އެލިބޭ މީހަކަށެވެ. ފިރިހެނުން އެކޯޑި ކެނޑިމީހަކު މުޑުދާރުކޮށްގެން ގެންގޮސް މޫދަށްލުމުން ހިލޭ އަންހެނުންތައް އައިސް އެމީހަކު ފެންވަރުވާ ސާފުކޮށް ފުއްޖަހާ ނަލަކޮށް ދޮންކުރުމެވެ.
އަދި ދެންކޮބައިތޯ؟ އަޅުގަނޑުމެންގެތެރޭގައި ޢީދުގެ އުފަލުގެ ނަމުގައި ބޮޑުމާލިނެރުމަކީވެސް ކުޑަކަމެއްނޫނެވެ. މިކަމުގެވެސް އަސްލަރުޖޫއަވާއިރު ދާންމިޖެހެނީ ބުދުދީނުގެ ފަލްސަފާއަށެވެ. މިއީ ބުޑިސްޓުން އެމީހުންގެ ޢީދު ނުވަތަ އެހެންވެސް ދުވަހެއްފާހަގަކުރުމުގެ ގޮތުން ހިންގާ ޚަރަކާޔްތަކެކެވެ. މިކަން އަވައްޓެރި އިންޑިއާ، ސިރީލަންކަ އަދި ޖަޕާނުފަދަ ޤަޢުމު ތަކައްބަލައިލުމުން ސާފުކޮއް އިގެންއޮންނާނެއެވެ. އަދި މިދިވެހިރާއްޖޭގައި މިކުޅިވަރުގެތެރޭގައި ޝިރުކުގެ އެތައްޢަމަލެއްހިގަމުންދާކަމީ ހިތާމައާއއެކު ފާހަގަކޮއްލަން ޖެހޭކަމެކެވެ.
އަދި ތާރަޖެހުންވެސް ފާހަގަ ކޮއްލަމެވެ. މިކަމަކީ މިފަހަކައްއައިސް މަދުންނޫނީ ނުފެންނަކަމަކައްވިޔަސް ފެންނަފަހަރު ސަހަރޯއޭބުނާވަރުވެއެވެ. ތާރަޖެހުމަކީ ޢީދު އަދި ކައިވެނީގެ ހަފްލާގައި އިސްލާމްދީނުގައި ހުއްދަވެކުރައްވާފައިވާކަމެކެވެ، ނަމަވެސް އަޅުގަނޑުމެން ދިވެހިރާއްޖޭގައި މިކުޅިވަރުވެސް ވެފައި އޮންނަނީ ބުދުދީނުގެ އުސޫލްތަކާ އެއްގޮތަށެވެ. ތާރަޖެހުމުގެ ތެރޭގައި ތާރައަށް ނަށާ ފިރިހެންމީހާގެކަރުގައި އަންހެނަކު އައިސް ލާރިފަތިއަޅުވައެވެ، އަދި ނެށުމުގެތެރޭގައި މީހާ ވަޖިދުވެ ހަށިގަނޑުގެ ތަންތަނުގައި ވަޅިއަޅައި ލޭނެރެލުމަކީވެސް މިކުޅިވަރުގެތެރޭގައި ހިމެނޭ އެންމެނުރައްކާތެރި ބިރުވެރި އެއްކަމެވެ. މިއީ ނޭންގިނަމަވެސް ޝައިތާނާ ރުއްސުމައްކުރެވޭކަމެކެވެ.
މީގެ އިތުރުން ބޮޑުބެރުޖެހުމާއި މިއުޒިކް ޝޯފަދަ ފެސްޓިވަލްތައްބޭއްވުމަކީވެސް ކީރިތި ޤުރުޢާންގެ ނަސްލުން ޚަރާމްކަމެއްކަން އިގެންއެބައޮތެވެ.
ދީނީގޮތުން އަޅުގަނޑުމެންގެ ތެރޭގައިވާ އެންމެ ޖާހިލުމީހާއަށްވެސް މިފަދަޔަކުން ދެޖިންސް މަސްހުނިވެ އުޅުން ދީނުގައި ހުއްދަނުވާނޭކަން ދެނެގަންނާކަށް މާގިނަ ވިސްނުންތަކެއް ވިސްނާކަށް ނުޖެހޭނެއެވެ. ނަމަވެސް މިކަންކަން ހުއްދަކަމުގައިދެކި ﷲ ތަޢާލާ އަހަރުމެންނަށް މާތް ކުރެއްވި ޢީދުގެ އުފާ ނަހަމަގޮތުގައި ފާހަގަކުރަމުންދާއިރު އަޅުގަނޑުމެންގތެރެއިން މުސްލިމުންގެ އެތައްބަޔަކު ކާފަރުންގެ އަޅުވެތިކަމުގައި ހައްޔަރުވެ، ބަނޑައްމަރުވަމުންދާއިރުވެސް އަޅުގަނޑުމެން ސައްތައިން ސައްތަ މުސްލިމްކަމައްދަޢުވާ ކުރާބަޔަކު ޝައިތާނާގެމަގުގައި ފައިސާތައްހޭދަކުރާކަމީ ކޮޅުނެތްކޮޅައް ހިތާމަހުރިކަމެކެވެ. އެހެންނަމަވެސް މިފަދަކަންކަން މިއީ އަޅުގަނޑުމެންގެ ސަގާފަތޭ އާދަކާދައޭ ކާބަފައިންގެ ތަރިކައޭ ދިރުވަންނާނެޔޭ ކިޔައިގެން ވާހަކަދައްކާ އަދި އެފަދަ ކަންކަން އެގޮތުގައި ދެމެހެއްޓުމަށް ގަދަޔަށް މަސައްކަތްކޮށް ނަގާ ކިޔާ ހަދަނީ މުޖުތަމަޢުތަކުގެ ކަމުވޮށްޓޭ މިކިޔޭ ތަޢުލީމީ މީހުންނަށްވާކަމަކީ ހަމަ ޢަޖާއިބު ވާންޖެހޭފަދަ ކަމެކެވެ.
ހަނދާންކުރަންވީ ކިތައްމެވަރަކަށްޢީދު ފާހަގަކޮށްފައިވެސް ހަމަ ތިމާވެސް ނިމިދާންޖެހޭނީ ކަށްވަޅަށް ކަމެވެ. އަދި އެތަނަށްދާނީވެސް އެކަނިކަމެވެ. އެތަނުން ތިމާއަށް އޮތް ހަމައެކަނި ފުރުޞަތަކީ ތިމާއަށްކުރެވިފައިވާ ހެޔޮޢަމަލުތައް އެކަނިކަމެވެ. ބަޔަކު މީހުންނަށް ފާފައެއްކުރުމަށް ހިތްވަރުދީ އެކަމަށް މަގުފަހިކޮށްދީފިމީހަކަށް އެކަންކުރިބަޔަކު އެކުރި ފާފަޔަކުންވެސް ބައެއް ބޮލުއަޅަންޖެހޭނެ ކަމަކީ ޔަޤީންކަމެކެވެ. ގަދަފައިވިއްދާފައި ގަދަބަސްބުނެފައި މިތާއުޅެވިދާނެއެވެ. މިނަސޭހަތް ދިނީތީވެ އާނދޮގޭ އޭ ކިޔާފައި މިއާ އިދިކޮޅަށް ނިކުމެ އެފަދަކުޅިވަރުތައް އިހުނަށްވުރެ ފޯރީގައި ކުޅުނަކަސް މިލިޔުން ލިޔުނު މީހާއަށް ލިބޭނެ އެއްވެސް ނިކަމެތިކަމެއް ގެއްލުމެއް ﷲ އިރާދަކުރެއްވިއްޔާ ނޯންނާނެއެވެ. އަދި އެކަންކަމުގެ ޙުކުމްވެސް އޮންނާނީ ﷲ އެކަލާނގެ ލޮބުވެތި ރަސޫލު މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) މެދުވެރިކުރައްވައި އެކަލާނގެ އަޅުތަކުންނަށް އެންގެވި ގޮތަށެވެ. އެއީ ކޮންގޮތެއްކަން ހޯދުމަކީ އަޅުގަނޑުމެންގެ ކިބައިގައި އޮތްކަމެކެވެ. ކޮންމެ މީހެއްގެ ފަރުދީ ވާޖިބެކެވެ. އެކަން ހޯދުމަކީ މިހާރު ދާދިފަސޭހަކަމެއްމެއެވެ. އެޒިއްމާ ނެގުމެއްނެތި ޢުމުރު ހުސްވަންދެން އެކަމުގައި އުޅެފައި ﷲ ޙަޟުރަތަށްގޮސް ސުވާލުވެވުމުން ދައްކާނެ ޙުއްޖަތެއް، ބަހަނާއެއް ނޯންނާނެ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ހޭއަރައި ވިސްނާލާމާހިނގާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...