ދިއިސްލާމް ސުޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދަކަށް އަލްއަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒް

ސުޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދަކަށް އަލްއަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒް

ސުޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދަކަށް އަލްއަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދަކަށް އަލްއަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒް ހަމަޖައްސަވައިފިއެވެ.

ނާއިފް މި މަޤާމަށް ހަމަޖެއްސެވީ ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް ނެރުއްވި ޤަރާރަކުންނެވެ. ޤަރާރުގައި ވާ ގޮތުން  ވަލީޢަހްދުގެ މަޤާމުގެ އިތުރުން ވަޒީރުންގެ މަޖްލީހުގެ ނާއިބުކަމުގެ މަޤާމާއި ކުރިން ފުރުއްވަމުންގެންދެވި ދާޚިލީ ވަޒީރުކަމުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާނީ ނާއިފް އެވެ.

2009 ވަނަ އަހަރުންގެ ފެށިގެން އަލްއަމީރު ނާއިފް ވަޒީރުންގެ މަޖްލީހުގެ ދެވަނަ ނާއިބުގެ މަޤާމު ފުރުއްވަމުން ގެންދެވިއެވެ. ނާއިފުގެ ސިޔާސީ ޙަޔާތް ފެއްޓެވީ ރިޔާޟްގެ ޤަވަރުނަރުގެ ނާއިބު ކަމުގެ މަޤާމުންނެވެ. އަދި އެއަށްފަހު އެ ސަރަހައްދުގެ ޤަވަރުނަރުކަން ރަސްގެފާނު ޢަބްދުލްޢަޒީޒްގެ ދުވަސްވަރު ދެއްވިއެވެ.

1970 ވަނަ އަހަރު، ރަސްގެފާނު ފައިޞަލް ގެ ދުވަސްވަރު ދާޚިލީ ވަޒީރުގެ ނާއިބު ކަމުގެ މަޤާމަށް އައްޔަނުކުރެވުނެވެ. އަދި އޭގެ ހަތަރު އަހަރު ފަހުން މިނިސްޓަރުންގެ ފެންވަރުގައި ދާޚިލީ ވަޒީރުގެ ނާއިބަކަށް އައްޔަނުކުރެވުނެވެ. 1975 ވަނަ އަހަރު ރަސްގެފާނު ޚާލިދުގެ ދައުރުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިންޓާރނަލް އެފެއާޒް ގެ މަޤާމަށް އައްޔަނުކުރެވުނެވެ. އަދި ހަމަ އެ އަހަރު ދާޚިލީ ވަޒީރު ކަމުގެ މަޤާމަށް އައްޔަނު ކުރެވުނެވެ. މިއަދު ވަލީޢަހްދުގެ މަޤާމަށް އައްޔަނު ކުރެއްވި އިރުވެސް އެމަނިކުފާނު ހުންނެވީ ދާޚިލީ ވަޒީރު ކަމުގެ މަޤާމުގައެވެ.

ޓެގް

ސަޢޫދީ ޢަރަބިއްޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.