ދިއިސްލާމް ލީބިއާގެ މިނިވަންކަން ރަސްމީކޮށް އިއުލާންކޮށްފި

ލީބިއާގެ މިނިވަންކަން ރަސްމީކޮށް އިއުލާންކޮށްފި

ލީބިއާގެ މިނިވަންކަން ރަސްމީކޮށް އިއުލާންކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލީބިއާގެ ވަގުތީ ސަރުކާރު ،ނެޝަނަލް ޓްރާންސިޝަނަލް ކައުންސިލް (އެންޓީސީ) އިން ލީބިއާގެ މިނިވަންކަން އިއުލާންކޮށްފިއެވެ. ލީބިއާގެ މިނިވަންކަން އިއުލާންކޮށްފައިމިވަނީ ލީބިއާގެ ރައީސް ގައްޒާފީ މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަކޮށްލުމަށްފަހުއެވެ.

ބެންގާޒީގައި މިނިވަންކަން އިއުލާންކުރަމަށް ބޭއްވި އެއްވުމުގައި ވާހަކަ ދައްކަމުން ވަގުތީ ލީޑަރު މުސްތަފާ އަބްދުލް ޖަލީލް ވިދާޅުވީ ލީބިއާގައި ގާއިމުކުރައްވާނީ އިސްލާމީ ޝަރީއާ ކަމަށާއި އިސްލާމީ ޝަރީއަތާ ޚިލާފު އެއްވެސް ގާނޫނެއް އަދި ގަވައިދެއް ބަލައިނުގަނެވޭނެކަމަށެވެ.

ނެޝަނަލް ޓްރާންސިޝަނަލް ކައުންސިލް (އެންޓީސީ) އިން ވަނީ ގައުމުގެ ރައްޔިތުން މިވަގުތު ކެތްތެރިވުމަށް ގޮވާލައި އަދި ގައްޒާފީގެ ހުދުމުޚްތާރުވެރިކަން ނިމުމަކަށް ގެނައި ހަނގުރާމަވެރިން އެއްބައިވެ ގައުމު ބިނާކޮށް އާރާސްތުކުރުމަށް ގޮވާލައިފައެވެ. އަދި ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނެއުމަށް އެހީތެރިކަން ފޮރުކޮށްދިން ނޭޓޯއަށާއި އަދި އެހެން ފަރާތްތަކަށްވެސް ޝުކުރު އަދާކޮށްފައެވެ.

މީގެއިތުރުން އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވަނީ ލީބިއާ އަށް ކުރިމަތިވި ކަންތައްތަކަކީ ވަރަށް ތާރީޚީކަމެއްކަމަށް ސިފަކުރައްވަމުން ލީބިއާގައި އިންތިޚާބު ބޭއްވެންދެން އދ.ގެ އެހީތެރިކަން ވަގުތީ ސަރުކާރަށް ލިބޭނެކަމަށް ވިދާޅުވެފައެވެ.

1969 ވަނަ އަހަރު ސެޕްޓެމްބަރ 1 ގައި ވެރިކަމާ ހަވާލުވި ގައްޒާފީގެ ވެރިކަން ނިމުމަކަށް ގެނެސް ، ގައްޒާފީ އަވަހާރަކޮށްލާފައިވަނީ 20 އޮކްޓޯބަރ 2011 ވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އިދިކޮޅު ހަނގުރާމަވެރިންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.