ފްރާންސްގައި ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 20 މަރުވެފައިވާކަމަށް ފްރާންސް ގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
ފްރާންސަށް ކުރަމުންދާ ވިއްސާރައިގައި މެދުނުކެނޑި ވެހެމުން ދިޔަ ވާރޭގެ ސަބަބުން 14 އިންޗިއަށް ފެންބޮޑުވުމުގެ ސަބަބުން 9 މީހުން މަރުވެފައިވާއިރު އެތައް ބަޔަކު ގެއްލިފައިވާކަމަށް ހަބަރު ލިބެއެވެ. މަރުވި މީހުން އަދަދު މައްޗަށް އަދިވެސް ހިނގައިދާނެކަމަށް ކަމާއި ބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.
11 ހެލިކޮޕްޓަރު ރޭގަނޑު ހަތަރު ދަމު މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވަމުން ދާކަމަށާއި 1200 ފަޔާރ ފައިޓަރުންނާއި 650 ޕޮލިހުންވެސް މިމަސައްކަތުގައި ހަރަކާތްތެރިވަމުންދާކަމަށް ހަބަރު ލިބެއެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް މިހާގިނަ މީހުންގެ މަސައްކަތުންވެސް 'ހިނިތުންވުން' ގެނެސްދެވިފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. 96000 މީހުން އަދިވެސް ތިބީ ކަރަންޓު ނެތި އަނދިރިކަމުގެ ތެރޭގައެވެ.
ފްރާންސްގެ ޤައުމީ ޓީމު ވޯލްޑް ކަޕްގައި ކުޅޭތީ މުޅި ފްރާންސް ވޯލްޑް ކަޕަށް ތައްޔާރުވެފައިވާ މިދަނޑިވަޅުގައި އައި މިތޫފާނުގެ ސަބަބުން ތޫފާން އައި ސަރަހައްދުގެ މީހުންވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ގެއްލިފައިވާ މީހުން ހޯދުމާއި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމުގައި އެމީހުން ދަނީ އަވަދިނެތި ހަރަކާތްތެރިވަމުންނެވެ.
ފްރާންސްގައި ފެންބޮޑުވި ސަރަހައްދަކީ މަގްބޫލު ޓުއަރިސްޓް ސަރަހައްދެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...