ދިއިސްލާމް ހުއްދަ ނެތި އަލްހާން ފަޠުވާ ދިން މައްސަލަ އިސްލާމިކް މިނިސްޓްރީ އަށާއި ހޯމް މިނިސްޓްރީ އަށް ޖަމްޢިއްޔަތުއްސަލަފުން ހުށަހަޅައިފި

ހުއްދަ ނެތި އަލްހާން ފަޠުވާ ދިން މައްސަލަ އިސްލާމިކް މިނިސްޓްރީ އަށާއި ހޯމް މިނިސްޓްރީ އަށް ޖަމްޢިއްޔަތުއްސަލަފުން ހުށަހަޅައިފި

ހުއްދަ ނެތި އަލްހާން ފަޠުވާ ދިން މައްސަލަ އިސްލާމިކް މިނިސްޓްރީ އަށާއި ހޯމް މިނިސްޓްރީ އަށް ޖަމްޢިއްޔަތުއްސަލަފުން ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަލްހާން ފަހުމީ ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ޖަލްސާފައި ވާހަކަ ދައްކަވަނީ

އެމްޑީޕީ ކޯލިޝަނުން ޢަދާލަތު ޕާޓީ ވަކިވުމަކީ ޙަރާމް ކަމެއް ކަމަށް ބުނެ އެމްޑީޕީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ހުއްދަ ނެތި ދީނީ ފަޠުވާ ދިން މައްސަލާގައި އެ ބޭފުޅާއާމެދު ފިޔަވަޅު އަޅުއްވައި ދެއްވުން އެދި އިސްލާމިކް މިނިސްޓްރީ އަށާއި ހޯމް މިނިސްޓްރީ އަށް ޖަމްޢިއްޔަތުއްސަލަފުން މިއަދު ހުށަހަޅައިފި އެވެ.

"ދިއިސްލާމް" އަށް ވެސް ކޮޕީ ލިބިފައިވާ މި ދެ ސިޓީގައި ބުނެފައި ވަނީ ފާއިތުވި ސެޕްޓެމްބަރ 29 ވަނަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި، ބޭރުންދާ މީހުންނަށް ވެސް އަޑުއިވޭނޭހެން އަޑު ދޫކޮށް އަލްޙާން ފަހުމީ  ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤަޥާޢިދު ގެ 2 ވަނަ މާއްދާގެ ހ. އާއި 5 ވަނަ މާއްދާގެ ރ، ބ، ޅ، އ، ވ، ފ އާއި ޚިލާފުވެ، އިސްލާމް ދީނުގެ ޙުކުމެއް ބަޔާން ކޮށް ޢާންމު ކޮށް ފަތުވާ ދީފައި ވުމުން، ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރާ ޤާނޫނުގެ 6 ވަނަ މާއްދާގެ ހ. އިން އަލްޙާން ގެ މައްޗަށް ޤާނޫނީ ގޮތުން ޙުކުމް ލާޒިމް ވެގެންދާ ކަމަށެވެ. އަދި އެކަމާއި މެދު އިސްލާމިކް މިނިސްޓްރީގެ ޒިއްމާ އަދާ ކުރެއްވުމަށާއި، ޤާނޫނީ ފިޔަވަޅު އެޅުއްވުމަށް އެދި އެ ޖަމްޢިއްޔާއިން ހުށައަޅާ ކަމަށެވެ.

ދީނީ އެއްބައިވަންތަ ކަން ހިމާޔަތް ކުރުމާ ބެހޭ ގަވާއިދުގެ 2 ވަނަ މާއްދާގައި ވާގޮތުގައި ދިވެހިރާއްޖޭގައި ދީނީ ތަޤްރީރުކޮށް، ޢާންމުކޮށް ދީނުގެ ޙުކުމްތައް ބަޔާންކުރަންވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެކަމުގެ ހުއްދަ ދީފައިވާ މީހުންނެވެ.

"ބައެއް މީޑިއާ އިންނާއި ބައެއް ޕާޓީތަކުން މިކަން ކުށްވެރިކޮށް ސަރުކާރުގެ ސަމާލުކަމަށް ގެނުވާފައވީނަމަވެސް  މިކަމާއިމެދު ޤާނޫނު ހިންގުމުގައި ސަރުކާރުގެ ޢަމަލެއް ފެނިފައި ނުވާތީ އެވާހަކަވެސް ފާހަގަ ކޮށްލަމެވެ." ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ސޮއިކުރައްވާފައިވާ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

އަދި ޤާނޫނު އަސާސީ ގެ 20 ވަނަ މާއްދާ ގައި ބުނެފައިވާ "ޤާނޫނު ގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާ މީހެކެވެ" ، މި ޕޮއިންޓް އެ ސިޓީގައި ސަލަފުން ފާހަގަކޮށްފައި ވެއެވެ.

މިމައްސަލާގައި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައި ވަނީ އަލްހާން ފަހުމީ ކުރައްވާފައި ވަނީ ޤާނޫނީ ގޮތުން ކުށެއް ކަމަށާއި، އެކަމަކީ އަލްހާންގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމެއް ކަމަށެވެ.

ޓެގް

އަލްހާން ފަހުމީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.