
ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ މަސްޖިދު ނޫރު - ދިއިސްލާމް ފޮޓޯ / އިބްރާހީމް އަޝްވާޤް
ކުޑަހެންވޭރުގެ ޒުވާނުންކޮޅެއް އިސްނަގައިގެން މިރޭ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިދަރުސް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅޭ ޒުވާނަކު ދިއިސްލާމަށް މަޢުލޫމާތު ދިން ގޮތުގައި މިދަރުސް ދެއްވާނީ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިޚް ޢަލީ ޒާހިރު ބިން ސައީދު ޤާސިމްގެ އެވެ. މިދަރުސް އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު، ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ނޫރު މިސްކިތުގައެވެ. ޝައިޚް ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ "ނަމާދު" މި މައުޟޫއަށެވެ.
މިދަރުސް އަޑުއެހުމަށްޓަކައި ވިހާވެސް ގިނަ ބޭފުޅުން ވަޑައިގެންނެވުމަށް ދަރުސް އިންތިޒާމްކުރާ ފަރާތުން ދަޢުވަތު އަރުވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...