
މިއަދު ބޭއްވި ފުޓްސަލް މުބާރާތަށް ފަހު ތައްޓާއެކު މުބާރާތުގެ ބައެއް ބައިވެރިން – ފޮޓޯ : ރާއްޖެއިސްލާމް
ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން އެއް ދުވަހުގެ ޚާއްޞަ ފުޓްސަލް މުބާރާތެއް މިއަދު ބާއްވައިފިއެވެ.
މި މުބާރާތް ކުރިއަށް ދިޔައީ މިއަދު ހެނދުނު 06:00 ން ފެށިގެން ހެންވޭރު އަޑި ޕާކު ގައެވެ. މި މުބާރާތުގައި ޖުމްލަ 6 ޓީމް ވާދަ ކޮށްފައި ވެއެވެ. އޭގެތެރޭގައި ދިރާގުގެ "ބީ ޓީމް" ހިމެނިފައި ވެއެވެ.
މި މުބާރާތުގައި ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ވެސް ބައިވެރިވެ ކުޅުއްވާފައި ވެއެވެ. މި މުބާރާތުގެ ޝަރަފްވެރި މެހެމާނަކީ އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ. ކުޅެވުނު މެޗްތަކުގެ "މޭން އޮފް ދަ މެޗް" ގެ މަޤާމަށް ހޮވުނު ކުޅުންތެރިންނަށް ޓްރޮފީ ދެ އްވުމުގެ އިތުރުން ޗެމްޕިއަން ޓީމަށް ތަށި ޙަވާލުކޮށްދެއްވީ ޝައިޚް ޢަލީ ޒާހިރު އެވެ.
މުބާރާތް ނިމުމުން އެ ތަނުގައި ތައްޔާރުކޮށްފައިވާ ހެނދުނުގެ ސަޔަށް ބައިވެރިން އިންސާފްކުރުމަށް ފަހު ޝައިޚް ޢަލީ ޒާހިރުގެ ކުޑަ ނަސޭހަތްކޮޅެއް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...