ދިއިސްލާމް އދ ގެ ފުރިހަމަ މެމްބަރުކަމަށް އެދި ސެކިއުރިޓީ ކައުންސިލަށް ފަލަސްތީނުން ހުށަހަޅާ ހުށަހެޅުމާއި ދެކޮޅަށް ވީޓޯ ކުރުމުގެ ބާރު ބޭނުން ނުކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާރޓަރ ގޮވާލައިފި

އދ ގެ ފުރިހަމަ މެމްބަރުކަމަށް އެދި ސެކިއުރިޓީ ކައުންސިލަށް ފަލަސްތީނުން ހުށަހަޅާ ހުށަހެޅުމާއި ދެކޮޅަށް ވީޓޯ ކުރުމުގެ ބާރު ބޭނުން ނުކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާރޓަރ ގޮވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖިމީ ކާރޓަރ

އަންނަ ހުކުރު ދުވަހު ފަލަސްތީނުން އދ ގެ ފުރިހަމަ މެމްބަރަކަށް ވުމަށާއި ފަލަސްތީނަކީ ފުރިހަމަ ދައުލަތެއްގެ ގޮތުގައި ބަލައި ގަތުމަށް އެދި ހުށަހަޅާ ހުށަހެޅުމާއި ދެކޮޅަށް ވީޓޯ ކުރުމުގެ ބާރު ބޭނުން ނުކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޖިމި ކާރޓަރ ގޮވާލައިފިއެވެ.

އޭނާ މިހެން ގޮވާލީ އާދީއްތަ ދުވަހު އެމެރިކާގެ ނޭސަނަލް ޕަބްލިކް ރޭޑިއޯ އަށް ދެއްވި ބަސްދީގަތުމެއްގައެވެ. ރައިސް ކާރޓަރ ވިދާޅުވީ ގޮތުގައި މިވަގުތު އޭނާ ރައީސް ކަމުގައި ހުންނެވި ނަމަ، ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި އދ އިން ބަލައިގަތުމަށް އުފަލާއެކު ތާއީދު ކުރާނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ރައީސް ކާރޓަރ ވިދާޅުވީ، އެމެރިކާގެ މިހާރުގެ ރައީސް ބަރަކް އޮބާމާ ފަލަސްތީނުގެ ހުށަހެޅުމާ ދެކޮޅަށް ވީޓޯ ނުކޮށްފިނަމަ ނުފޫޒު ގަދަ އިޒްރާއިލުން އޮބާމާ އަށް ފިއްތުންތައް ކުރިމަތި ކުރުވާނެ ކަން އެގިފައިވާ ކަމަށެވެ. އެހެން ނަމަވެސް ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަތުން އެއީ މިހާރު ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ރައީސް ކަރޓަރ މިހެން ވިދާޅުވި އިރު އެމެރިކާއިން ވަނީ ސެކުރިޓީ ކައުންސިލްގައި އެ ހުށަހެޅުމަށް ވީޓޯ ކުރާނެ ކަމަށް ބުނެފައެވެ.

 ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް މިވަގުތު ދަތުރު ކުރައްވަމުން ގެންދަވަނީ މި މަހުގެ 20 ގައި ފެށޭ ދުނިޔޭގެ ވެރިންގެ ބައްދަލުވުމަށް ވަޑައިގަތުމަށެވެ. އަދި މި މަހުގެ 23 ވަނަ ދުވަހު ރައީސް އައްބާސް އެ މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމަށް ފަހު އދ ގެ ފުރިހަމަ މެމްބަރަކަށް ވުމަން އެދި ހުށަހަޅުއްވާނެއެވެ. މީޑިޔާ ރިޕޯޓް ތައް ބުނާ ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކުން ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ބަލައިގަނެއެވެ. އަދި ފަލަސްތީނުގެ ހުށަހެޅުމަށް ތާއީދުވެސް ކުރެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.