ރާއްޖޭގެ ޚަބަރު ރޯދަ މަހުގައިވެސް އޭގެ ކުރީ މަހު ގައިވެސް މީހުން ކުށްތަކަށް އަރައިގަތް މިންވަރު މަދު - ރައީސް

ރޯދަ މަހުގައިވެސް އޭގެ ކުރީ މަހު ގައިވެސް މީހުން ކުށްތަކަށް އަރައިގަތް މިންވަރު މަދު - ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައީސް ނަޝީދު

މި ރޯދަމަސްވެސް އަދި އޭގެކުރީމަސްވެސް އަޅުގަނޑުމެންނަށް ފާހަގަވެގެން މިދިޔައީ، މަގުތައް އަމާންވެ، މީހުން ކުށަށް އަރައިގަންނަ މިންވަރު މަދުވެފައިވުން ކަމުގައި ރައިސްލްޖުމުހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު  ދެއްވި 112 ވަނަ ހަފުތާގެ ރޭޑިޔޯ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ މިހިނގާ ރޯދަމަހުގެ ތެރޭގައިވެސް އަދި މިދިޔަ މަހުގެ ތެރޭގައިވެސް ނުރައްކާތެރި ޖަރީމާތައް ނުވަތަ ފުރާނައަށް ގެއްލުންވާފަދަ ޖަރީމާތައް ހިންގުން މިވަނީ ކުރިއަށްވުރެ ވަރަށްބޮޑުތަން މަދުވެފައި ކަމަށެވެ. މިކމަށްޓަކައި ފުލުހުންނަށް ފަށްފަށުން ޝުކުރު ދަންނަވަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެބޭފުޅުން (ފުލުހުން) ކުރައްވަމުން އެގެންދަވަނީ ވަރަށް އިޚްލާޞްތެރި، ވަރަށް ރަނގަޅު މަސައްކަތެއް. އެއީ، ދައުލަތާއި ޤައުމަށްޓަކައި އެބޭފުޅުން ކުރައްވާ ހެޔޮ މަސައްކަތެއް ކަމަށެވެ. ރައީސްވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ، ސަރުކާރާއި ރައްޔިތުންނާއި އަދި މުޅި ދިވެހިރާއްޖޭގެ ފައިދާއަށްކަން، އެކަން ރާއްޖޭގެ ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވާ ކަމަށެވެ.

ރައުސްލްޖުމުހޫރިއްޔާ އިތުރަށް ވިދާޅުވީ މިރޯދަ މަހުގައި ބާޒާރުގެ އަގުތައް  ހުރީ އިންތިހާއަށް އެރިޔަ ނުދެވި ހިފެހެއްޓިފައިމަށާއި ޚާއްޞަ ގޮތެއްގައި، ބިހާއި، ފިޔައާއި، އަލުވިއާ މިބާވަތުގެ ތަކެތި ރޯދަ މަހުގައި މާރުކޭޓްގައި ހަމަ އެކަށީގެންވާ މިންވަރަށް ރަނގަޅު އަގުގައި ލިބެންހުރިކަން އެއީ، ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށް ރައީސްލުޖުމުހޫރިއްޔާ ވިދާޅުވިއެވެ.

ބާޒާރުގައި ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި ބެހޭގޮތުން ރައީސް ވިދާޅުވީ ބާޒާރުގައި ތަކެތީގެ އަގުތައް ކުރިއާ އަޅާބަލާއިރު އުފުލިފައި އެބަހުރިކަމަށާއި އެހެންނަމަވެސް، އަޅުގަނޑުމެންގެ އާމްދަނީ މައްޗަށްދާ މިންވަރު މިހާރު މިހުރީ އެކަށީގެންވާ ބާރު މިނެއްގައި. އަދި މިފަހަރު ރޯދަ މަހުގައި އަގުތައްވެސް މިހުރީ ހިފެހެއްޓިފައިކަމަށެވެ.

މިމޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ ރޯމަސް ގަނެ ވިއްކުން އެއީ، ހިފެހެއްޓިފައި އޮތް ސިޔާސަތެއްގެ ތެރޭގައި އޮތް އޮތުމަކަށްފަހު، މި ސަރުކާރުންވަނީ ރޯމަސް ގަނެ ވިއްކުން ދޫކޮށްލާފައި. މިހާރު ކޮންމެ ފަރާތަކަށްވެސް އެކަން ކުރެވޭނެ ގޮތަށް ގަވާއިދުތައް ބަދަލުކޮށްފައި ވާނެކަމަށެވެ. އެހެންވުމުން މަހުގެ އަގު ވަރަށްބޮޑުތަނުން ރަނގަޅުވެގެން ހިނގައްޖެކަމަށެވެ. މީގެކުރީގައި ބޮޑުވެގެން ފަސްރުފިޔާ ފަންސާސްލާރި ލިބޭ މަސް ކިލޯއަށް މިހާރު އެވްރެޖްކޮށް ބައެއްފަހަރަށް ތިރީސްރުފިޔާ، ޢާންމުކޮށް ލިބެމުން އެބަދޭ. މަހުގެ އަގު އަބަދުވެސް މިހާރު މި ހުންނަނީ ވަރަށް ރަނގަޅަށްކަމަށާއި މަސްވެރިން ބުނަނީ، އެމީހުންނަށް ބާރަ، ސާދަހާސްރުފިޔާ މަހެއްގެ މައްޗަށް ލިބެމުން އަންނަ ކަމަށެވެ.

ރައީސް އިރުރަށް ވިދާޅުވީ މަސް ނުބާނާ މޫސުމުގައިވެސް.  ބޭނުމަކީ، މަސްވެރިންގެ އާމްދަނީ އިތުރުކުރުން މިހާރު ކަން ހިންގެމުން މިގެންދާ އުޞޫލުން ކަން ހިންގަމުން ގެންދެވޭނަމަ، މިކަން ދެމެހެއްޓެނިވި ގޮތުގައި ހިފެހެއްޓޭނެކަން ކަށަވަރު ކުރެވޭކަމަށް ރައީސް ވިދާޅުވިއެވެ.

ޓެގް

ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.