ބޭނުންވާތަކެތި
2 ޖޯޑު ބާސްމަތީ ހަނޑޫ
3 ފިޔާ ( ކުދިކޮށްކޮށާފައި )
1 ކޯލީ ފްލާވަރ ( ވަކިކޮށްފައި )
1 ޖޯޑު ގްރީންޕީސް
8 ބީންސް ( 2 އިންޗިވަރަށް ކޮށާފައި )
2 ކެރެޓް ( ކުދިކޮށްކޮށާފައި )
2 ކާފޫރު ތޮޅި
2 ކަރަންފޫ
2 މޭޒުމަތީ ސަމްސާ ގިތެޔޮ
2/1 މޭޒުމަތީ ސަމްސާ ރީދޫ
3 ލޮނުމެދު
6 ރޯމިރުސް
ރަހަލާ ވަރަށް ލޮނު
އަސޭމިރުސް
އިނގުރުކޮޅެއް
މަސް ( ލޮނު، އަޖިނަމޮޓޯ، އަސޭމިރުސް ރީންދޫ ލުމައްފަހު ތެލުލާފައި )
ހައްދަވާނެގޮތް
ލޮނުމެދު، ރޯމިރުސް އަދި އިނގުރުކޮޅު އެއްކޮށް ހިމުންކޮށް ފުޑާލާށެވެ. ގިތެޔޮފޮދުގައި ކާފޫރުތޮޅި އާއި ކަރަންފޫކޮޅު މީރުކޮށްލާށެވެ. ދެން އޭގެ ތެރެއަށް ފިޔާކޮޅުވެސް އަޅާލާށެވެ. އަދި ފިޔާކޮޅު ކުޑަކޮށް ރަތްވެލަންދެން މީރުކޮށްލާށެވެ. ފުޑާފައި ހުރި ލޮނނުމެދު، ރޯމިރުސް، ކޯލީ ފްލާވަރ އަދި އިނގުރުކޮޅު ފިޔާ ކޮޅުގެ ތެރެއަށް އަޅާލުމަށްފަހު މިތަކެތި ތެޔޮފޮދާއި ވަކިވަންދެން މީރުކުރާށެވެ. އެއަށްފަހު ހަނޑޫ، ތަރުކާރީ، ގްރީންޕީސް، ރީދޫ އަދި ލޮނު އަޅާ ރަގަޅަށް އެއްކޮށްލާށެވެ. ދެން ތަރުކާރީ އާއި ހަނޑޫ މަޑުވާވަރަށް ފެން އެޅުމަށްފަހު ބަތް އެތި ހިދެންދެން ކައްކާށެވެ. ތައްޓަށް އެޅުމުގެ ކުރިން ބަތް އެތި އެއްކޮށްލަންވާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...