އަރަބިދުނިޔެ އިސްރާއިލު ސިފައިން މަސްޖިދުލް އަޤްޞާއަށް މުސްލިމުން ވަނުމަށް ހުރަސް އަޅަނީ

އިސްރާއިލު ސިފައިން މަސްޖިދުލް އަޤްޞާއަށް މުސްލިމުން ވަނުމަށް ހުރަސް އަޅަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

އިސްރާއިލްގެ ހައްދުފަހަނައަޅައިފައިވާ ސިފައިން ، މުސްލިމުން  އަލް މަސްޖިދުލް އަޤްޞާއަށް ވަނުމަށް ހުރަސްތަކެއް އަޅަން ފަށައިފިއެވެ. މިކަންތައް އިސްރައިލް ސިފައިން ހިންގަން ފަށައިފައިވަނީ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށެވެ.

ހަބަރުތައް ބުނާ ގޮތުން 2000އަށް ވުރެ ގިނަ ސަލާމަތީ ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެއެވެ. އަދި ޖެރޫސަލެމްގެ އިރުމަތީ ފަރާތްތުން ޖެރޫސަލެމް އަށް ވަދެވޭ ބޯޑަރ ވަނީ އިސްރައިލްގެ ސިފައިން ގާރޑް ކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ތެރެއިން ހަމައެކަނި އުމުރުން 45-50 ދެމެދުގެ މީހުންނަށްވަނީ އަޤްޞާ މިސްކިތަށް ވަދެވޭގޮތް ހަމަޖައްސައިފައެވެ. ނަމަވެސް 35 އަހަރުން ދަށުގެ ފަލަސްތީނުގެ އެއްވެސް މީހަކަށް އަޤްޞާއަށް ވަނުމުގެ ހުއްދައެއް އިސްރާއިލުން ނުދެއެވެ.

މުސްލިމުންގެ ތަފާތު މުނާސަބަތުތަކާ ގުޅިގެން އެއްވެސް ރަޙުމެއް ޙަމްދަރުދީއެއް ނެތް އިސްރާއިލް ސިފައިންދަނީ ފަލަސްތީނުގެ މުސްލިމުންނަށް ތަފާތު ގޮތްގޮތުން އުނދަގޫ ކުރަމުންނެވެ.

މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އިސްރާއިލް ސިފައިން ވަނީ  ކަރުނަ ގޭހާއި، ބަޑިއާއި އަދި ރަބަރު ވަޒަން ބޭނުންކޮށްގެންވަނީ އަޤްޞާގެ ކޮމްޕައުންޑުގައި ތިބި މުސްލިމުންނަށް ހަމަލާދީފައެވެ.

ޙައްޤަކާނުލާ ފަލަސްތީނުގެ ރައްޔިތުންގެ ބިން ފޭރިގަނެގެން އުޅޭ އިސްރާއީލްގެ ސިފައިން ދަނީ އެކި ގޮތްގޮތަށް ކުށެއް ނެތް ފަލަސްތީނުގެ ރައްޔިތުންނަށް އަނިވާވެރިވަމުންނެވެ. އަދި އެމީހުންދަނީ އެކި ގޮތްގޮތުން އިސްލާމްދީނަށް ފުރައްސާރަކުރުމަށް މަސައްކަތްކުރަމުންނެވެ.

ޓެގް

މުސްލިމުން އަޤްޞާ ސިފައިން އިސްރާއިލް ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.