ސުފުރާ ޕިއްޒާ ޕައި

ޕިއްޒާ ޕައި

ޕިއްޒާ ޕައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


ބޭނުންވާ ތަކެތި

2 ޖޯޑު ފުއް
5 ބިސް
1 ސަމުސާ މާޖެރިން (މޭޒުމަތީ ސަމުސާ)
ފެން
1 ސައިސަމުސާ ބޭކިންގ ޕައުޑަރ
2/1 ޖޯޑު ގާނާފައި ހުރި ޗީޒް

1 ދަޅު މަސް
1ޓޮމާޓޯ
1ގިތެޔޮމިރުސް
1ބޮޑުފިޔާ
4ލޮނުމެދު

ލޮނާއި އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

މަސް ނޫން އެހެން ހުރިހާ އެއްޗެއް ކޮއްޓަވާ ވާށެވެ. އެއަށްފަހު ތެޔޮކޮޅެއްގައި މި އެއްޗެހި މީރުކޮށްލައްވާށެވެ. ދެން އުދުންމަތިން ބޭލުއްވުމަށްފަހު، މީގެ ތެރެއަށް މަސްކޮޅު އަޅުއްވާ އަނެއްކާ ވެސް އުދުންމައްޗަށް އުއްދަވާ 2 މިނިޓް ވަންދެން ކައްކަވާ ލޮނުހެޔޮވެރުކޮށްލައްވާށެވެ.   އެއަށްފަހު ކުޑަކޮށް ހިހޫވުމުން 3 ބިހާއި ޗީޒް އެއްކޮށްލާށެވެ.

ފުށާއި، 2 ބިހާއި، މާޖެރިން، ބޭކިންގ ޕައުޑަރ އެއްކުރައްވާ ހޫނު ފެންފޮދެއް ޖައްސަވައިގެން މޮޑުއްވާށެވެ. އެއްވަރުގެ 2 ގުޅައަށް ހެއްދެވުމަށްފަހު 2 ރޮށި ގޮތަށް ދަންމަވާށެވެ. މިތަނުން 1 ރޮށި ކޭކުފިހާ ޓްރޭއެއްގައި ތެޔޮކޮޅެއް ހާއްކަވާ އަރިމައްޗަށާއިއެއްކޮން  އޭގެ ތެރެއަށް ލެއްވުމައްފަހު ރޮށި ތެރެއަށް މަސްކޮޅު އަޅުއްވާށެވެ. އަނެއް ރޮށި މީގެ މަތިން ޖައްސަވާ ރަނގަޅަށް ތުން ބައްދަވާށެވެ. އެއަށްފަހު ކޭކުފިހާ ތަބަކެއްގައި ނުވަތަ ތެއްޔެއްގައި ތެޔޮކޮޅެއް ހާއްކަވާ އޭގެ ތެރެއަށް ލައްވާށެވެ. ޕައިގެ މަތީފުށުގައި ވެސް ތެޔޮކޮޅެއް ނުވަތަ ކުކުޅު ބިހުގެ ގޮބޮޅިކޮޅެއް ހޭއްކެވިއްޔާ ރީތިކޮށް ފިއްސެވޭނެ އެވެ. ފިއްސަވާނީ، މަތި އަންދަވައިގެން ނުވަތަ ކަރަންޓުންނެވެ.

ޓެގް

ސުފުރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.