ސައިންސާއި ޓެކް އިންޑިޔާގެ މައިކްރޯ މެކްސް 9 ފޯނު ރާއްޖެއަށް ތައާރަފްކޮށްފި

އިންޑިޔާގެ މައިކްރޯ މެކްސް 9 ފޯނު ރާއްޖެއަށް ތައާރަފްކޮށްފި

އިންޑިޔާގެ މައިކްރޯ މެކްސް 9 ފޯނު ރާއްޖެއަށް ތައާރަފްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިންޑިޔާގެ މަސްޙޫރު މޯބައިލް ފޯނު އުފައްދާ ކުންފުންޏެއް ކަމަށްވާ މައިކްރޯ މެކްސްއިން އެ ކުންފުނީގެ އުފެއްދުންތައް އިއްޔެ ރާއްޖެއަށް ރަސްމީކޮން ތައާރަފްކޮށްފި އެވެ.

އެ ކުންފުނީގެ އުފެއްދުންތައް ރާއްޖެއަށް ތަޢާރަފްކުރީ ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އެއް ކުންފުނި ދިރާގާއި ސެންސް ވުޑް މޯލްޑިސްވް ގުޅިގެންނެވެ. ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާއެއްގައި އެކުންފުނީގެ 9 ފޯނުވަނީ ދައްކާލާފައެވެ. އެއިގެ ތެރޭ ހިމެނެނީ މައިކްރޯ މެކްސް އެކްސް 100، އެކްސް 330، އެކްސް 505، އެކްސް 360، ކިއު 50 ، އެމް2 ، އެކްސް 550، އޭ 60، އަދި އޭ 55 އެވެ.  އަދި ވިއްކާ ކޮންމެފޯނަކާއެކީ ސިމެއް ހިލޭދޭގޮތަށް ވަނީ ހަމަޖެހިފައެވެ..

އެ ކުންފުންޏަކީ އިންޑިޔާގެ މޯބައިލް އުފައްދާ ކުންފުނިތަކުގެ ތެރެއިން މިހާރު ތިން ވަނައަށް އެންމެ ބޮޑު ކުންފުނި ކަމަށާއި އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް އާ އުފެއްދުންތައް އަތްފޯރާ އަގުތަކެއްގައި މީހުންނަށް ފޯރުކޮށްދިނުންކަމަށް މައިކްރޯ މެކްސްގެ ސާކް ސަރަހައްދުގެ ޖެނެރަލް މެނޭޖަރް ވިކާޝް ޝަރުމާ ވިދާޅުވިއެވެ.

މައިކްރޯމެކްސްއިން 66 ވައްތަރެއްގެ ފޯނު އުފެއްދި ނަމަވެސް ރާއްޖެއަށް ތަޢާރަފް ކުރި ނުވަ ވައްތަރަކީ ރާއްޖެއާ އެންމެ ގުޅޭ ކަމަށް، އެކުންފުންޏަށް ގަބޫލުކުރެވޭ ފޯނުތައް ކަމަށްވެއެވެ. ރޭ ތަޢާރަފް ކުރި ގިނަ ފޯނު ތަކަކީ ދެ ސިމް ލެއްވޭ، QWERTY  ކީބޯޑު ހިމެނޭ ޓަޗްފޯނާއި، އެންޑްރޮއިޑް އޯއެސް ހިމެނޭ ފޯނުތަކެވެ.

ޒުވާނުންނާއި އެކި އުމުރު ފުރާގެ ބޭފުުންނަށް ޙާއްސަ ފޯނު އެކުލެވޭއިރު އަގު 425 ދިވެހި ރުފިޔާއިން 4500 ރ އާއި ދެމެދުގެ އަގެއްގައި ލިބޭނެކަމަށާއި މައިކްރޯމެކްސްގެ ފޯނުތަކަށް ޙާއްސަ ހިދުމަތްދޭ ތަނެއް ގާއިމްކުރާނެކަމަށް ޓައިމްސް އޮފް އިންޑިޔާގައި ބުނެފައިވެއެވެ.

މިހާރުވެސް ރާއްޖޭގެ ޖުވާނުންގެ މެދުގައި މައިކްރޯމެކްސް ފޯނުތަކުގެ މަޤްބޫލުކަން އަންނަނީ އިތުރުވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.