އެމެރިކާގެ ‘ޓެނެސީ’އަށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން 36000 ގެއަށް އަސަރުކޮށްފައިވާކަމަށް އެމެރިކާގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.
މިމަހުގެ ކުރީކޮޅު މެދުނުކެނޑި ވެހުނު ވާރޭގެ ސަބަބުން ޓެނެސީގެ އެތައް ސަތޭކަ މީހުން ހާލުގައި ޖެހިފައިވާކަމަށާއި އެތައް ހާސް ޑޮލަރެއްގެ ގެއްލުން ލިބިފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ. 20 އިންޗިއަށް ވެހުނު ވާރޭގެ ސަބަބުން މުޅި ސަހަރު ކޯރަކަށް ބަދަލުވެގެން ދިޔައިރު ފެންގަނޑު 2 ދުވަހު އެގޮތުގައި އޮތްކަމަށް މީޑިއާތަކުން ހަބަރުދެއެވެ. މިހާތަނަށް 27 މީހުން މަރުވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާއިރު އެތައް ހާސްބަޔަކަށް އެކުވަރުގެ ގެއްލުން ލިބިފައިވެއެވެ.
48 ގަޑިއިރަށް މެދުނުކެނޑި ވެހުނު ވާރޭގެ ސަބަބުން ޓެނެސީ ފެންބޮޑުވެފައިވާއިރު މޫސުމާ ބެހޭ އިދާރާތަކުންވަނީ ވާރޭ ވެހިދާނެކަމަށް ހާމަކޮށްފައެވެ. އެހެނަސް އާންމުގޮތެއްގައި ވެހޭ ވާރޭގެ ސަބަބުން 5 އިންޗިއަށްވުރެ މައްޗަށް ފެންބޮޑުނުވާތީ މޫސުމާ ބެހޭ މައުޟޫމާތު ފަތުރާ ފަރާތްތަކަށް މާބޮޑު ކަމަށް ނުވިނަމަވެސް ވާރޭ ވެހެމުން ގޮސް 20 އިންޗިއަށް ފެނގަނޑުވަނީ ބޮޑުވެ ނުރައްކާވާ ހިސާބަށް ހާލަތު ގޮސްފައެވެ.
ޓެނެސީގެ ރައްޔިތަކު މީޑިއާއަކަށް ވާހަކަ ދައްކަމުން ބުނިގޮތުގައި 'މިވަރުގެ ކަމެއް ނުދެކޭ' ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...