ދުނިޔެ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ޝަރީއަތް ފަށަނީ

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ޝަރީއަތް ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިބްރާހިމް މަބްރޫކް

މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް ވަރަށް އަވަހަށް ކޯޓަށް ޙާޞިރުކޮށް އޭނަގެ ޝަރީއަތް ފަށާނެކަމަށް  ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.

ހުސްނީ މުބާރަކް ކޯޓަށް ޙާޞިރު ކުރަނީ އޭނާ ޚިޔާނަތްތެރިވެފައިވާތީ އާއި އޭނަގެ  ވެރިކަން ވައްޓާލުމަށް މިސްރުގައި ގެނައި އިންޤިލާބުގައި މުޒާހަރާ ކުރަމުން ދިޔަ މީހުން މެރުމަށް އަމުރުކޮށްފައިވާތީކަމަށް އޮފިސަލުން ހާމަކުރެއެވެ.

މުބާރަކުގެ އިތުރުން އޭނަގެ ދެ ދަރިފުޅާއި މިސްރުގެ ކުރީގެ އިންޓީރިއާ މިނިސްޓަރ ހަބީބް އަލް އާދިލް އަދި އިސް ހަ ފުލުހެއްގެ މައްޗަށްވެސް ވަނީ މިސްރުގައި މުބާރަކްގެ ސަރުކާރު ވައްޓާލުމަށްޓަކައި މުޒާހަރާ ކުރަމުންދިޔަ މީހުން މެރުމަށް އަމުރުކޮށްފައިވާތީ އެ މީހުންގެ މައްޗަށްވެސް އެކަމުގެ ދައުވާ އުފުލާފައެވެ.

ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި މުބާރަކާއި ސަރުކާރުގެ އިސްފަރާތްތަކުން އަދުލް އިންސާފުގެ ކުރިމައްޗަށް އަވަހަށް ގެންނަނީ މިހާރު މިސްރުގައި ކުރަމުންދާ މުޒާހަރާގެ ބައިވެރިން އެކަމަށް އަޑު އުފުލަމުންދާތީއެވެ.

މި އަހަރުގެ ފެބްރުއަރީ މަހު ވަނީ ރައްޔިތުން ނުކުމެ ހުސްނީ މުބާރަކް ވެރިކަމުން ފޭބުމަށް މަޖްބޫރުކޮށް ، ވެރިކަމުން ދުރުކޮށްފައެވެ. އެހެންނަމަވެސް އަދިވެސް މިސްރުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި އެމީހުން އަޑު އުފުލަމުން ދަނީ ކުރީގެ ސަރުކާރުގެ އިސް މީހުން އަދުލް އިންސާފުގެ ކުރިމައްޗަށް ގެނެސް އިންސާފު ގާއިމު ކުރުމަށާއި މިލިޓަރީ ކައުންސިލްގެ ވެރިކަން ނިމުމަކަށް ގެނެސް ރައްޔިތުންގެ ސަރުކާރެއް ވީހާވެސް އަވަހަށް ގާއިމުކުރުމަށެވެ.

ޓެގް

ފުލުހުން އަދުލް އިންސާފް ކޯޓް މިލިޓަރީ ކައުންސިލް ހުސްނީ މުބާރަކް ވެރިކަން މިސްރު މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.