ފަލަސްތީން/އިޒްރޭލް މައްސަލާގައި އަޑުއުފުލުމުގައި ޖޯޖް ގެލޮވޭ އަކީ ލާމަސީލް ނަމޫނާއެކެވެ. އެބޭފުޅާ ދިވެހިރައްޔިތުންނަށް ވަނީ ވަރަށް ފުރިހަމަ އިލްތިމާސެއް ކުރައްވާފައެވެ.
ޖޯޖް ގެލޮވޭ ގެ ވާހަކައިގެ އަވަސް ދިވެހި ތަރުޖަމާއަކީ؛
"އަޅުގަޑުކީ ފަލަސްޡީނު މީހުންގެ ޙައްގުތަކަށް މަސައްކަތް ކުރުމުގައި އުމުރުގެ ބޮޑު ބައެއް ހޭދަކޮށްފައި ވާ މީހެކީމެވެ. ފަލަސްޡީނުގެ ބިންތަށް ފޭރިގަނެގެން ހަދާފައިވާ އިޒްރޭލުގެ ދައުލަތަށް އާ ދޮރެއް ކަމުގައި ދިވެހިރާއްޖެ ހިމެނިގެން ދިޔަ ޙަބަރަކީ އަޅުގަނޑަށް ވަރަށް ބޮޑު ޝޮކެއް ލިބުނު ޙަބަރަކެވެ. އަދިއެއީ ވެސް ޢަރަބި އިސްލާމީ ޤައުމުތަކުގެ ދޮރުތަށް މުޅި އިސްރާއީލު ބަންދު ކުރެވިފައިވާ ދުވަސް ވަރެއްގައެވެ. ޢަރަބި ޤައުމުތަކަށް އަންނަ ޢިންޤިލާބާއި ވިދިގެން %100 މުސްލިމް ޤައުމެއް ކަމުގައިވާ ދިވެހިރާއްޖެއިން އިޒްރޭލުގެ ޤައުމީ އެއަރލައިން އެލް އަލް އިސްރާއީލާއި އިސްރާއިލްގެ ދިދަ އެފްލައިޓު އައި އެކު ނައިސް ނުދާނެކަމަށާއި އަދި އިޒްރޭލުގެ ޖާސޫސީ އެޖެންޓުން ކަމުގައި ވާ މޮސާދުއަށް ދިވެހި ރާއްޖެއަށް ވަނުމުގެ މަގު ފަހިކޮށްދިނުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މޮޔަކަމުގެ ޙައްދެއް ނެތްކަމެކެވެ.
އަހަރަމެން އެންމެން ވެސް އަޑުއަހައި ފައިވާ މުސްކުޅި ވާހަކަ " ޓްރޮޖަން ހޯސް " ގައި ވާފަދައިން ބޭރުން ޙަމަލާދިން މީހުން އެރަށަށް ޙަމަލާ ދިނީ މަސްނޫޢީ އަހެއްގައި ފިލައިތިބެގެންނެވެ. އެލް އަލް އެއަރލައިން އަކީ ދިވެހިރާއްޖެއަށް ޓްރޮޖަން ހޯސް އެކެވެ. މިކަމަކީ އިޒުރޭލުން ތިޔަބޭފުޅުންގެ ޤައުމަށް ވަނުމަށް ޖާގަދިނުމެވެ. އެއީ ވެސް ދުނިޔޭގެ އެންމެ ތަޙުޒީބު ވެފައިވާ އެންމެން އިޒްރޭލު އެމީހުންގެ ޤައުމުތަކުން ބޭރުކުރަން މަސައްކަތް ކުރާ ދުވަސްވަރެއްގައެވެ. ވީމާ އަޅުގަނޑު މިގޮވާލަނީ ބިންފޭރިގެން އުފައްދައިފައިވާ ޒައިނިސްޓު އިޒްރޭލުން ދިވެހިރާއްޖެއަށް ނުފޫޒު ފޯރުވައިގެން ތަން ފޭރެން ކުރާ މަސައްކަތް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި ދިވެހިރާއްޖޭގެ ހުރިހާ ރައްޔަތުން ބައިވެރިވުމަށެވެ. ވޭތުވެދިޔަ 63 ނުވަތަ 64 އަހަރުވަންދެން މަރާއިފައިވާ ފަލަސްޡީނުގެ މީހުންގެ ލޭ ވަނީ މި ޕްރޮޖެކްޓު އާއި ގުޅިފައެވެ. ވީމާ މީ އެކަކުވެސް ބައިވެރިވާވަރުގެ ކަމެއް ނޫނެވެ."
އެހެން ވީޑިއޯ
ހުރިހާ ވީޑިއޯ
ވީޑިއޯ: ޝެއިހް އިލްޔާސްގެ ޚިތާބު
“ދިއިސްލާމް ދީނީ ސުވާލު މުބާރާތް 1432″
ރަމަޟާން މަހުގެ ޙާއްސަ ޕްރޮގްރާމްގެ ތެރެއިން: "ވިސްނުމާއި ފިކުރު"
ޓްރޭލާރ؛ އެންމެ ބޮޑު ދުޝްމަން
ވީޑިއޯ: ދިއިސްލާމް މަޖައްލާ
ވީޑިއޯ: 'އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް" އެދި ބޭއްވި މުޒާހަރާގެ ތެރެއިން
ވީޑިއޯ: މަރަށް މަރު ހިފުމަށާއި އަތްކެނޑުމަށް މައުމޫނު ފެކްޝަނުން ގޮވާލުން
ކިންޑާރ ގާޑްން ޓިއުޝަން ކްލާސް
އިލްމީ ޚަޒާނާގެ 100 ވަނަ ޕްރޮގްރާމް
ޓްރެއިލާރ: ދިރިއުޅުމުގެ މަޤްސަދު
ސަޢުދީ ޢަރަބިއްޔާގެމުފްތީ عبد العزيزآل الشيخ حفظه الله ދެއްވާފައިވާ އިރުޝާދުތަކެއް

ކޮމެންޓް (0)
ލޯޑް ކުރަމުން...