ދަރުސް ޚަބަރު ޝައިޚް އާދަމް ޝަމީމްގެ ޚާއްޞަ ދަރުސެއް ތ.މަޑިފުށީގައި އަދި ތ.ދިޔަމިގިލީގައި

ޝައިޚް އާދަމް ޝަމީމްގެ ޚާއްޞަ ދަރުސެއް ތ.މަޑިފުށީގައި އަދި ތ.ދިޔަމިގިލީގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

ޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމްގެ ޚާއްޞަ ދަރުސެއް ތ.މަޑިފުށީގައި އަދި ތ.ދިޔަމިގިލީގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަޑިފުށީގައި ދަރުސް އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު އެރަށު މިސްކިތުގައެވެ. އަދި  މިރޭ 20:45 ގައި ދިޔަމިގިލީ ސްކޫލްގެ ހޯލްގައި ދަރުސެއް އޮންނާނެވެ.

ޝައިޚް ޝަމީމް މިހާރު ތ.އަތޮޅަށް ދަރުސް ދެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވިލުފުށީ ސްކޫލްގެ ދަރިވަރުންނަށް ނަޞީޙަތް ދެއްވުމުގެ އިތުރުން ރޭ ވިލުފުށީ ރައްޔިތުންނަށް ވަނީ ދަރުސެއް ދެއްވާފައެވެ. އަދި އިއްޔެ ހަވީރު ވިލުފުށީ ކައުންސިލަރުންނާއި އެރަށު ސްކޫލްގެ ޕްރިންސިޕަލް އާއި ވަނީ ބައްދަލުކުރައްވާފައެވެ.

ޝައިޚް އާދަމް ޝަމީމްގެ ފޭސްބުކް ޕޭޖް

ޝައިޚް އާދަމް ޝަމީމްގެ ވެބްސައިޓް

ޓެގް

ދަރުސް ވީޑިއޯ ޝައިޚް އާދަމް ޝަމީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.