ދުނިޔެ ނިއުޒިލޭންޑްގެ ކްރިސްޓިއަން ފައްޅިއެއްގެ ކައިރިއަށް ބާރުގަދަ ބިންހެލުންތަކެއް އަތުވެއްޖެ

ނިއުޒިލޭންޑްގެ ކްރިސްޓިއަން ފައްޅިއެއްގެ ކައިރިއަށް ބާރުގަދަ ބިންހެލުންތަކެއް އަތުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ: އޭއެފްޕީ / ލިޔުނީ: އިބްރާހިމް މަބްރޫކް

ނިއުޒެލޭންޑްގެ ކުރިސްޓިއަނުން އަޅުކަންކުރާ ފައްޅިއެއްގެ ކައިރިއަށް ބާރުގަދަ ބިންހެލުންތަކެއް އަތުވެއްޖެއެވެ.

ޚަބަރު ފަތުރާ ވަޞީލަތްތަކުން ހާމަކުރާ ގޮތުގައި މި ބިންހެލުންތަކަކީ 5.0 މެގްނިޓިއުޑަށް ވުރެ ބާރުގަދަ ބިންހެލުންތަކެކެވެ. ފުރަތަމަ ބިން ހެލުން އައީ ކުރިސްޓް ޗާރޗުގެ އިރުދެކުނުން 6.8 މޭލު އަޑިން 5.2 މެގްނިޓިއުޑްގެ ބާރު މިނުގައި ކަމަށް ޚަބަރުތައް ބުނެއެވެ. މީގެ އިތުރުން ދެވަނަ ބިންހެލުމެއް އައިސްފައިވަނީ 6.0 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އެއަށްފަހު 4.6 މެގްނިޓިއުޑްގެ ބާރުމިނުގައިވެސް ބިންހެލުމެއް އައިސްފައިވާކަމަށް ޚަބަރު ފަތުރާ ވަޞީލަތްތަކުން ހާމަކުރެއެވެ.

މި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ގޭސް ލީކެއް އުޅޭ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ގިނަ ބްރިޖްތަކެއް ވަނީ ބަންދުކޮށްފައެވެ. މި ބިންހެލުންތަކުގައި ތަންތަނަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށާއި އެކި ވަރުގެ ޒަޚަމްތައް މީހުންނަށް ލިބިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

މި ބިންހެލުމަކީ 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި މީގެ ހަތަރު މަސްކުރިން ނިއުޒިލޭންޑަށް ކުރިމަތިވި ބިންހެލުމަށްފަހު އައި ބިންހެލުމެކެވެ. އެ ބިންހެލުމުގައި 180 މީހުނަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ޓެގް

ކުރިސްޓިއަން ޗާރޗް ނިއުޒިލޭންޑް ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.