މިދިޔަ ހޮނިހިރު ދުވަހު ޕާކިސްތާނުގެ ކާރޫބާރު ބޮޑު ޕެޝާވަރުގެ މާކެޓުގައި ގޮއްވާލި ދެ ބޮމަކީ ބޭރުގެ ސިއްރު އެޖެންސީއަކުން ދިން ހަމަލާއެއްކަމަށް ޠާލިބާނުން ހާމަކޮށްފިއެވެ. ޕެޝާވަރުގައި ޖާނުން ފިދާވެގެން ދިން ބޮމުގެ ހަމަލާގައި 39 މީހުން މަރުވެފައިވާކަމަށް ޕުރެސް ޓީވީން ހާމަކުރެއެވެ.
މިއަދު ޠާލިބާނުން ވަނީ މިގޮވުންތަކުގައި ޠާލިބާނުންގެ އެއްވެސް ހިއްސާއެއް ނޯންނާނެކަމަށް ހާމަކޮށްފައެވެ. ޠާލިބާނުންގެ ސްޕޯކްސް ޕާރސަން އިޙްސާނުﷲ އިހްސާން ހާމަކޮށްފައިވަނީ އެ ބޮމްތަށް ގޮއްވާލައިފައިވަނީ ބޭރުގެ ސިއްރު އެޖެންސީއަކުން ޠާލިބާނުންގެ ބޮލުގަ އެ ކަންތައްއެޅުވުމުގެ ބޭނުމުގައެވެ.
ފުލުހުން އަދި މެޑިކަލުން ހާމަކުރައްވާގޮތުގައި މިހާތަނަށް މި ހަމަލާގައި 39 މީހުން މަރުވެފައިވާކަން ޔަޤީންވެފަވެއެވެ. އަދި މި ހަމަލާގައި 108 މީހުންނަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
މެއި 1ގައި ޕާކިސްތާނުގައި ހިންގި ހާއްސަ އޮޕެރޭޝަނެއްގައި އަލްޤައިދާގެ ލީޑަރ އުސާމާ ބިން ލާދީން މަރާލައިފައިވާނެކަމަށް އެމެރިކާނުން ބުނުމުން ޠާލިބާނުންވަނީ އެކަމުގެ ބަދަލު ހިފާނެކަމަށް ބުނެފައެވެ. ޠާލިބާނުން ބަދަލު ހިފާނެކަމަށް ބުނުމާ ގުޅިގެން ފަހަކަށްއައިސް ޕާކިސްތާނުގައި މިފަދަ ހަމަލާތައް އަންނަނީ ގިނަވަމުންނެވެ.
އެގޮތުން ޖޫން 5ގައިވަނީ ޕެޝާވަރުގެ އިރުމަތީ ފަރާތުގައިވާ ނޯޝެރާގެ ބޭކަރީއަކަށް ހަމަލާދިނުމުގެ ސަބަބުން 19 މީހުން މަރުވެ އާއްމުންގެ އެތައް ބަޔަކަށް އެކިވަރުގެ ޒަހަމްތައްލިބިފައެވެ. އަދި ހަމަ އެދުވަހު ބަސް ސްޓޮޕް ކައިރިން ބާރުގަދަ އެއްޗެއް ގޮއްވާލުމުގެ ސަބަބުން ތިން އަންހެނުންނާއި ކުޑަ ކުއްޖަކުވަނީ މަރުވެފައެވެ. މީގެ އިތުރުން މޭ 25 ގަ ޕެޝާވަރުގެ ފުލުހުންގެ އިދާރާކައިރި ޖާނުން ފިދާވެގެން މީހަކު ދިން ބޮމުގެ ހަމަލައިގައި ގާއްގަނޑަކަށް 7 ފުލުހުންގެ އޮފިސަލަކު ވަނީ މަރުވެފައެވެ

ކޮމެންޓް (0)
ލޯޑް ކުރަމުން...