ފޭސްބުކް ނުވަތަ އެހެންވެސް އިޖްތިމާއީ ވެބްސައިޓެއްގައި އެމީހަކު ނަމަކަށް ޖަހާނީ އެހެންމީހުން އެމީހަކަށް ނިސްބަތް ކުރަން ބޭނުންވާ ނަމެކެވެ. އެއީ އެމީހެއްގެ ފުރިހަމަ އަމިއްލަ އިޙްތިޔާރުގައިވާ ކަމެކެވެ. އާއިލީ ނަމެއް ނުވަތަ އާންމުކޮން މީހުން ކިޔާނަމެއް ވަނަންވެސް މީހުން ޔޫސާރނޭމް އަށް ބޭނުން ކުރެއެވެ. އެހެންނަމެވެސް އޭންޖެލް ގެ އަސްލު ދިވެހި މާނަ ކޮންމެ މީހަކަށްވެސް އެންގޭނެއެވެ. ޑެވިލް، އެވިލްގެ އަސްލު ދިވެހި މާނަވެސް އެންގޭނެ އެވެ. އެނގިތިބެ ނުވަތަ ނޭންގުމެއްގެ ތެރޭގައިވެސް ކުރެވޭ ބުނެވޭ ބަހަކީ ތިމާ ރަމްޒުކުރާ އައިޑީއަށް ތިމާ ޒިންމާ ނަގަންޖެހޭނެ ކަމެއްކަން ހަންދާންކުރަންޖެހެއެވެ.
ތެދެކެވެ. މިކުޑަކުޑަ ދިވެހި ރާއްޖޭގައި މަލާއިކަތުންނާއި ޝައިތާނުން ކަމަށް ދަޢުވާކުރާ ކުދިން ބައިވަރެވެ. ދަޢުވާކުރެއޭ މިބުނަނީ ހަމަ ކުރާތީއެވެ. ފޭސްބުކްގައާއި މިގް33 ގައާއި އެފްއެމް ޗެނަލްތަކުގައިވެސް މަލާއިކަތުންކަމަށް ދަޢުވާ ކުރާ ކުދިން ބައިވަރެވެ. ފިރިހެނެއް ވެއްޖެއްޔާ ޑެވިލްއެއް ނޫނީ އެވިލްއެކެވެ. އަންހެނެއް ވިއްޔާ އޭންޖެލްއެކެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. މިކަމުންވެސް ދިވެހިން ހުޅަނގުން ފަތުރާ ފަލްސަފާތަކުގައި ޤަރަގުވެފައިވާ މިންވަރު ދޭހަކޮށްދެއެވެ. މިގޮތަށް ބޮޑުމަންޒަރު ދައްކާ ފިލްމުތަކާ ވާހަކަތަށް އަބަދުވެސް އެމީހުންދަނީ ފަތުރަމުންނެވެ. ހަލާކުވެފައިވާ މަލާއިކަތާއޭ ބުނެ ލަވަކިޔަމުން ދާއިރު މިކިޔޭ އެއްޗެއް އެންގޭބާއެވެ؟ ތާކުން މީހަކު ކިޔާހާ ލަވަޔަކަށް ނަށާކަށް ނުޖެހެއެވެ. އިންސާނާއަށް ސިކުނޑި ދެއްވާފައިވަނީ ވިސްނާ ފިކުރު ކުރާށެވެ.
މިހެން ދިވެހިންގެ އަމަލުތަށް ބަހައްޓަނީ ކީވެބާއެވެ. ބައެއްމީހުން ބުނަނީ “އޭންޖެލް” މިނަމަކީ ވަރަށް ރީތި ނަމަކަށް ވާތީވެ އެވެ. އަނެއްބަޔަކު ބުނެފާނެއެވެ. މަލާއިކަތް ބޭކަލުންގެ ނަމުންވެސް ބަޔެއް މީހުންނަށް ނަން ކިޔާފައިހުރެއެވެ. ޖިބްރީލް، މީކާއީލް ފަދަ ނަންނަމުންނެވެ. އެހެންނަމަވެސް މަލާއިކަތާ މިހެން މީހަކަށް ނަން ކިޔާފައިވާ އަޑުނާހަމަވެ. އެހެންނަމަވެސް ޔޫރަޕްގެ ޤައުމުތަކުގައި ނުވަތަ ނަސޯރާ ނަމެއްގެ ގޮތުގައި “އެންޖޮލީނާ” “އެންޖަލިކާ” ފަދަ ނަންތައް ކިޔާފައި ހުންނަތަން ފެނެއެވެ. މިދާކަށް ދުވަހު ދިވެހިން އޮރިޔާންކޮއްލި އެންޖެލިކް ސެރޯން ފާހަގަ ކޮއްލެވެއެވެ. ދެން ފިރިހެންކުދިން އެވިލް، ޑެވިލް ޖަހަންވީ އެމީހުންގެ ނުބައި ނުލަފާކަން ނުވަތަ ގައްޑާކަން ދައްކާލަންބާވައެވެ.
މިކަމަކީ އާންމު ކަމަށްވެފައިވާއިރު ދިމާވެފައިހުރި ޙާދިސާތަށް ހިއްސާކޮއްލާނަމެވެ.
އެއްރެއަކު އެފްއެމް އިން ޗެނަލްއަކަށް ޓިއުނު ކޮއްލީމެވެ. ކަމަކުދާކަށް ނެތެވެ. ކިއަމުންދަނީ އަޑުއެހުން ތެރިން ފޮނުވާ މެސެޖްތަކޯލައެވެ. އާރްޖޭ އަކަށް އިންކުއްޖާއަށް ނިސްބަތްކޮށް އެއިނަގެ ނަން ޖަހާފައިވާ މެސެޖެއްގައިވާކަމަށް ބުނެ ކިޔަމުން ދިއައެވެ. “ހޭ .... ޔޫ ވޮއިސް ލައިކް އޭންޖެލް، ޔޫ ޓްރޫލީ އަ އޭންޖެލް، ޔޫ ލުކްލައިކް އޭންޖެލް” (މާނަ: ކަލޭގެ އަޑު ހީވަނީ މަލާއިކަތެއް ހެންނެވެ، ހަގީގަތުގަވެސްތީ މަލާއިކަތެކެ، ކަލޭގެ ހީވަނީ މަލާއިކަތެއް ހެންނެވެ،) އެހެން ބުނެ މެސެޖް ކިޔަމުން އަންހެން ކުއްޖާވީ ތުޔެއްބުނާކަށް ނޭންގެއެވެ. ވީއުފަލުން ތެންކިއުއޭ ބުނެފިއެވެ. (ޝުކުރިއްޔާ) އަހަރެން ހަމަ އަންތަރީސް ވިއެވެ. ހިތަށް އެރިއެވެ. މިއީ މަލާއިކަތެއްކަމަށް ހިތުން އެއްބަސްވުންތާއެވެ. މިވަރުވާއިރުވެސް މިދައުވާ ކުރެވެނީ ކޮންކަމެއްކަން ހަމަ ނޭންގެނީ ބާއެވެ. މިމީސްމީހުންނަށް މަލާއިކަތުންވެސް ފެންނަނީތާއެވެ. ގައިމުވެސް އެހެނެ ނުވާނެއެވެ.
ދެން ވަދެލީ ފޭސްބުކްއަށެވެ. 5 މީހުން ރަޙްމަތް ތެރިވާން އަހާފައި އޮތެވެ. 3 މެސެޖް އިންބޮކްސްގައި އިންތިޒާރުގައި ވެއެވެ. ފުރަތަމަ އެކުވެރިވާން އުޅެނީ ކާކުތޯ ބަލާލި މެވެ. އޭންޖެލް ފާތުންއާއި، އޭންޖެލް ދެތިކިޕީ، އެންގްރީ އޭންޖެލް (ރުޅިގަދަ މަލާއިކަތާ) ، ލިޓްލް އޭންޖެލް (ކުޑަ މަލާއިކަތާ)، ކްރޭޒީ އޭންޖެލް (މޮޔަ މަލާއިކަތާ) އެވެ. މިމީހުންގެ މައުލޫމާތު ދިރާސާކޮއްލިއިރު ބުނެފައިވަނީ ތައުލީމް ހާސިލްކޮއްފައިވަނީ ރާއްޖޭގެ ނަން މަސްޙޫރު މަދަރުސާތަކުންނެވެ. މިއީ ހަދައި ގެން ދައްކާ ވާހަކަ އެއް ނޫނެވެ. ގަބޫލް ނުކުރަންޔާ ހޯދާ ބަލާށެވެ. މިއީ މި މުޖްތަމައުގައި އުޅެމުންދާ ފަރުދުންގެ ކިބައިން ފެންނަމުންދާ ކަންކަމެވެ. މިކިޔޭ އެއްޗެއް އިންގޭބާވައޭ ހިތަށް އެރިއެވެ.
މެސެޖް ބަލާލި އިރު މެސެޖްކޮއްފައިވަނީ ކޮންމެސް ބޭންޑެއްގެ ޝޯ އެއްގެ ވާހަކައެވެ. މިއީ ކޮން ނަމެއްކިޔާ ބޭންޑެއްތޯ ބަލާލީމެވެ. ބޭންޑްއަށް ކިއަނީ “މަލަކުލް މައުތް” މިނަމެވެ. ކުއްލިއަކަށް ހަންދާންވީ ޓީވީން ތަންކޮޅެއް ކުރިން ފެނުނު ޕްރޮގްރާމެއްގެ މަތިން ނެވެ. ހަތަރުވަރަކަށް ޒުވާނުން ވެގެން މި ސައްތައިންސައްތަ ދިވެހި ގައުމުގައި މިއުޒިކް ބޭންޑްތަކަށް މިފަދަ ނަންނަން ކިޔައިގެން ޓީވީން ދުރައްދައްކާ ޕްރޮމޯރޓް ކުރިން މަންޒަރު ދިވެހި ރައްޔިތުންވެސް ވާނީ ބަލާފައެވެ.
ދެން ފޭސްބުކް ހާވަމުންގޮސް ޙަބަރު ފީތާ ބަލާލީމެވެ. ފެނިގެންދިއައީ ކައިވެނީގެ އުފާވެރި ޙަބަރެކެވެ. ގްރޭޓް އެވިލްއާއި ގްރޭޓް އޭންޖެލް މެރީޑްވި ވާހަކަ އެވެ. މަލާއިކަތަކާއި ޝައިތާނެއް ކައިވެނި ކުރި ވާހަކަ އެވެ. ދެން ފެނުނީ އެވިލް އަލީ ސިންގަލްވި ވާހަކައެވެ. އެއަށް “ސިންގަލް އޭންޖެލް” އިންތިޒާރުގައި ހުރިކަމަށް ކޮމެންޓްކޮއްފައިވެއެވެ. ދެން މޮގޮތަށް އަމަލު ހުންނަ މީހުންގެ ޕްރޮފައިލްއަށް ބަލާލުމުން އޮރިޔާންކަން މަތީތިބި އަންހެނުންގެ ފޮޓޯއާއި ފާހިސް އަމަލްތަކަށް ދައްކުވައިދޭ ފޮޓޯ ލާފައިވާކަން ފާހަގަ ކުރެވެ. އަދި ހިތާމަ ހުރިކަމަކީ ފޭސްބުކްގައި ދެބަސްވާ ވަގުތު ކުރެވޭ ކޮމެންޓްތަށް މަލާއިކަތުންގެ ނަމަށް ނިސްބަތްކޮއް ދެވިފައި ހުންނަ ކޮމެންޓް ތަކެވެ. މިސާލަކަށް އޭންޖެލް ކަލޭ........ މިހެންބުނެ ކޮންމެ ފަދަ އެއްޗެއްވެސް ލިޔެފައި ހުރެދާނެއެވެ. މިއީ ހިތާމަ ހުރިކަމެކެވެ. ވިސްނާ ފިކުރު ކުރަން ލަސްވެފައިވާ ކަމެކެވެ. މިގޮތަށް އަމަލްތަށް ހުންނަ ކުދިންނަށް ހެޔޮ ވިސްނި ރީތިނަމަކަށް ބަދަލު ކުރުމަށް ނަސޭހަތްތެރިވަމެވެ.
މިގޮތަށް ކަންކަން ހިންގަމުން ދާއިރު މަލާއިކަތް ބޭކަލުންނަށް އީމާންވުމާއި މަލާއިކަތްބޭކަލުންނަށް ހިތުގައި ގަދަރު ކުރަންޖެހޭނެ ކަން ވަނީ އަޅުގަނޑުމެން ގުރޭޑް 8 ގައި ކިޔަވާފައެވެ. އަދި އެހެނިހެން ގޮތަގޮތުންވެސް ވަނީ އަޑު އިވިފައެވެ. އަޑުނީވޭ ނަމަ އެމަޢުލޫއިން ކުޑަ ކުޑަ މިންވަރެއް ހިއްސާ ކޮއްލެވޭތޯބަލާނަމެވެ. މިކަމާއި ގުޅޭގޮތުން ދީނީގޮތުން އޮންނަ ގޮތް ދީނީ އިލްމު ވެރިއަކު ގެނެސްދޭނެ ކަމަށް އުންމީދު ކުރަމެވެ. އެހެންކަމުން އަޅުގަނޑު މަލާއިކަތުންނާއި ބެހޭގޮތުން ކިޔަވާފައިވަނީ ގުރޭޑް 8 ގައެވެ. މަލާއިކަތުންނާއި ބެހޭގޮތުން އިސްލާމީ އަޤީދާ ގެދަށުން އަންނަ ފިލާވަޅުގައިވާ ބައެއް މަޢުލޫމާތު ހިއްސާކޮއްލާނަމެވެ. އިސްލާމީ ތަރިބިއަޔަތު ދަރިވަރުންގެ ފޮތުގެ ސަފްޙާ ނަންބަރު 48 -52 ބައްލަވާލައްވާށެވެ.
މަލާއިކަތް ބޭކަލުންނަށް އީމާންވުން.
(މިއާއި މެދު ވިސްނާށެވެ! މަލާއިކަތުންނަކީ އަހަރުމެންނަށް ފެންނަ ބައެއް ނޫނެވެ. ޣައިބުގައި ފޮރުވިފައިވާ މިފަދަ ފަރާތްތަކަށް އީމާން ވުމަކީ ވާޖިބަކަށް ވާއިރު މި މާއްދީ ދުނިޔޭން އެފަދަ ކަމަކަށް ތާއީދުކުރާހެކިތަކެއް ހޯދަންޖެހެއެވެ. އެފަދަ ހެކިތަކަކީ ކޮބާ؟)
މަލާއިކަތުން ހައްދަވާފައިވަނީ ނޫރުން ނެވެ. އަދި އެބޭކަލުންނަކީ ޝަހުވަތްތަކުން އެއްކިބާވެގެންވާ، އަންހެން ފިރިހެން ޖިންސަކަށް ނިސްބަތްނުވާ، އަދި ސިފަބަދަލްކުރުންފަދަ އާދަޔާޚިލާފު ކުޅަދާނަކަމެއް ދެއްވައިފައިވާ، މަޚްލޫޤުން ތަކެކެވެ. އަދި އެއީ ކެއުމާއި ބުއިމާއި ނިދުމާއި، އަދި ކައިވެނިކުރުން ފަދަ ކަންކަމުން އެއްކިބާ ވެގެންވާ ބައެކެވެ. އެބޭކަލުންގެ ފިޠުރަތަކީ ﷲ އަށް ކިއަމަންތެރިކަން އަދާކުރުމާއި، ދުނިޔެއާއި އާޚިރަތުގުގައިވެސް ﷲގެ އަމުރުފުޅުތައް ތަންފީޒުކުރެއްވުމުގައި ދެމިތިއްބެވުމެވެ.
މަލާއުކަތް ބޭކަލުންގެ ސިފަފުތައް.
ނޫރުން ހައްދަވާފައިވާ މަޙްލޫ ޤުންކަމުގައިވުން ކަމުގައިވުން.
ﷲ ރުއްސުންލެއްވި ޢާއިޝަތުގެ ފާނުގެ އަރިހުން ރިވާވެގެން އައިސްފައިވާ ސަލާމާއިޞަލަވާތްލެއްވި މާތްރަސޫލާގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ” މަލާއިކަތުން ހައްދަވާފައިވަނީ ނޫރުންނެވެ. ޖިންނީން ހައްދަވާފައިވަނީ އަނގުރު އަލިފާނުންނެވެ. އަދި އާދަމުގެފާނު ހެއްދެވިގެންވަނީ ތިއަބައިމީހުންނަށް ސިފަ ކޮށްދެއްވައިފައިވާ ގޮތަށެވެ.”
ރޫޙާނީ ހަށިގަނޑެއް ލިބިފައިވުން.
އެއީ ހަމައެކަނި ރޫޙާނީ ބައެއްނޫނެވެ. އަހަރެމެންގެ ލޯތަކަށް ނުފެންނަ ނަމަވެސް ޖިސްމާނީ ހަށިކޮޅުތަކެއް އެބޭކަލުންނަށް ލިބިފައިވެއެވެ. މިއާއި އެކުވެސް އެބޭކަލުންނަކީ އިންސާނީ ސިފަތަކުން ރައްކާތެރި ކުރެވިގެންވާ ބައެކެވެ.
ﷲ އަށް އެއްވެސް ގޮތަކުން އުރެދޭ ބައެއްކަމުގައި ނުވުން.
ﷲ އަށް ބިރުވެތިވާ ބައެއް ކަމުގައިވުން.
މަލަކޫތީ ޢާލަމުގައި ދިރިއުޅުއްވުމާއެކުވެސް ﷲ ގެ އަމުރުފުޅައިގެން ބިމަށް ފައިބައިވަޑައިގަތުން.
އާދަޔާ ޚިލާފު ކުޅަދާނަކަމާއި ބާރެއް ﷲ އެބޭކަލުންނަށް ދެއްވައިފައިވުން.
ތާޅަފިލި ފުމެލައްވާ މަލާއިކަތާ، ތާލަފިލި ފުމެލެއްވުމުން އޭގެ އަޑު ގަދަކަމުގެ ސަބަބުން އުޑުތަކާއި ބިމުގައިވާ ހުރިހާ އެއްޗެއް ފަނާވެގެން ދާނެކަމަށް އައްޒަމަރު ސޫރަތުގެ 68 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. އަދި ލޫތުގެފާނުގެ ޤައުމު މަތީފުށް ދަށަށް ޖައްސަވާ ގަންބަވާލެއްވީވެސް ހަމަ މަލާއިކަތުންނަށް ﷲ ދެއްވި ބާރުފުޅުގައެވެ.
ތަފާތު ސިފަތަކަށް ބަދަލްވުމުގެ ކުޅަދާނަކަން ދެއްވައިފައިވުން.
ޖިބްރީލްގެ ފާނު ބައެއްފަހަރު “ދިޙުޔަތުލް ކަލްބީ” ނަމަކަށްކިޔާ އަޞްޙާބު ބޭކަލެއްގެ ސިފައިގައި ކީރިތި ރަސޫލާ އާއި އަޞްޙާބުންގެ މަޖިލީހަށް ވަޑައިގަންނަވާ ކަމުގައިވެއެވެ.
މަލާއިކަތް ބޭކަލުންނާއި ޖިންނީންގެ ތަފާތު
މަލާއިކަތުން:
ނޫރުން ހައްދަވާފައިވުން
އިންސާނީއެއްވެސް ސިފައެއް ނެތުން
ﷲ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުން
ޙަވާލުކުރައްވާފައިވާ ޚާއްޞަ ކަންތައްތަކެއްގައި ދެމިތިއްބެވުން
ޖިންނީން:
އަލިފާނުން ހައްދަވާފައިވުން
އިންސާނީބައެއް ސިފަތަށް ލިބިގެންވުން
ﷲއަށް ކިޔަމަންވާ ޖިންނީން ނާއި ކިޔަމަން ނުވާ ޖިންނީންވުން
އަމަލްތަކަށް އިޚްތިޔާރު ލިބިގެންވުން.
ކޮމެންޓް (0)
ލޯޑް ކުރަމުން...