ޔޫރަޕު 17 އަހަރު ކުރިން ގެއްލިގެން ހޯދަންފެށި ކުއްޖަކު އިޓަލީގެ ފައްޅިއެއްގެ ފުރާޅުމަތިން ފެނިއްޖެ

17 އަހަރު ކުރިން ގެއްލިގެން ހޯދަންފެށި ކުއްޖަކު އިޓަލީގެ ފައްޅިއެއްގެ ފުރާޅުމަތިން ފެނިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

17 އަހަރު ކުރިން ގެއްލިގެން ހޯދަންފެށި ކުއްޖަކު އިޓަލީގެ ފައްޅިއެއްގެ ފުރާޅުމަތިން ފެނިއްޖެކަމަށް އިޓަލީގެ ފުލުހުން ހާމަކޮށްފިއެވެ.

1993 ވަނަ އަހަރު އުމުރުން 16 އަހަރުގެ އަންހެންކުއްޖަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށާއި ފައްޅިއެއްގެ ފުރާޅުމަތިން ފެނުނު ކަށިގަނޑު އެއީ 'އެކުއްޖާ'ކަން ޔަގީން ކުރެވިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. އެކުއްޖާކަން ދެނެގެންފައިވަނީ އެކުއްޖާ ގެއްލުނުއިރު ލައިގެން ހުރި ހެދުން ހަލާކު ނުވެ ކަށިގަނޑާއި އެކު ހުރުމާއި ކަންފަތުލާ މުދީގެ އިތުރުން އެހެނިހެން ހެކިތައް ވެށިން ފެންނަން ހުރުން ކަމުގައި ހަބަރު ލިބިފައިވެއެވެ.

ގެއްލިގެން އަތްފުނާ އަޅަމުން އަންނަތާ 17 އަހަރު ފަހުން ފެނުނު މިކުއްޖާގެ އާއިލާއިން ހާމަކުރާ ގޮތުގައި 'އޭނާގެ ކަރުގައި އަޅާ ފަށާއި ކަންފަތުލާ މުދި، އޭނާގެ ބޫޓު އަދި ލައިގެން ހުރި ހެދުމުން އަހަރެމެންނަށް އެއީ އެކުއްޖާކަން ޔަގީންވާ' ކަމުގައެވެ.

އިޓަލީގެ މީހުންގެ ގަދަރު ލިބިގެންވާ ތްރިޓީ ފައްޅިއަށް މިހާދިސާ އާއި ގުޅިގެން ގިނަ ބަޔެއްގެ ނުރުހުން ލިބެމުން އަންނަކަމުގައި މީޑިއާތަކުން ހަބަރުލިބެއެވެ. ހަބަރުތައް ލިބިފައިވާ ގޮތުގައި ކުއްޖާ ފެނުނީ ފައްޅީގެ ފުރާޅުން 'ލީކު'ވާ ތަނެއް ބެއްދުމުގެ މަސައްކަތް ކުރުމަށް ފުރާޅު މައްޗަށް އަރައިގެން އުޅުނު ބަޔަކަށެވެ.

މިހާދިސާ ހިނގި ސަހަރުގެ މަގުތަކުގައި 10 ހާހަށްވުރެ ގިނަ މީހުން 'ޤާތިލް'އަށް ހައްޤު އަދަބު ދިނުމަށް އެދި މުޒާހަރާ ކޮށްފައިވާއިރު އާއިލާއިން ބުނަމުންދަނީ 'އަހަރެމެންގެ އާއިލާ ހަލާކު ކޮށްލި މީހާއަށް ޖަލުގެ ކުޑަގޮޅި ދޭން ބޭނުންވާ' ކަމަށް ބުނެފައިވެއެވެ.

ދާދިފަހުން ކްރިސްޓިއަން ފައްޅިއެއްގެ ފާދިރީއެއް އަޅުކަން ކުރަން އަންނަ ކުޑަކުދިންނާއި އެކު ޖިންސީ ގުޅުން ހިންގި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.

ޓެގް

ކްރިސްޓިއަން ޔޫރަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.