ދުނިޔެ އެމެރިކާއަށް އެރި ނަގޫރޯޅީގައި މަރުވި މީހުންގެ އަދަދު 318 އަށް އަރައިފި

އެމެރިކާއަށް އެރި ނަގޫރޯޅީގައި މަރުވި މީހުންގެ އަދަދު 318 އަށް އަރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހްސަން

އެމެރިކާއަށް އެރި ނަގޫރޯޅީގައި މަރުވި މީހުންގެ އަދަދު 318 އަށް އަރައިފިކަމަށް އެމެރިކާގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އެމެރިކާގެ 7 ސިޓީއަކަށް ނަގޫ ރޯޅިއަރާ ބޮޑެތި ގެއްލުން ތަކެއް ވެފައިވާއިރު އެތައް ބަޔަކު ޒަހަމްވެފައިވާކަމަށް ރިޕޯޓްތަކުން ބުނެއެވެ. ނަގޫރޯޅީގެ އަސަރު ކުރި ސަރަހައްދުތަކުގައި އުޅޭ މީހުންގެ ގެދޮރު 'ލުހިގެން' ގޮސްފައިވާއިރު އެތައް ބަޔަކު ހާލުގައި ޖެހިފައިވާކަމަށް ޚަބަރު ލިބެއެވެ. ގިނަ މީހުން ހިޔާވަހިކަން ހޯދަމުންދަނީ ސަލާމަތު ހުރި ބޮޑެތި އިމާރާތްތަކުގައެވެ.

ނަގޫރޯޅި އެރި ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެސަރަހައްދުގެ ފޮޓޯވަނީ އިންޓަނެޓްގައި އާންމުވެފައެވެ. އިމާރާތްތަކުގެ ފައުންޑޭޝަން ފިޔަވާ އެހެން ތަންތަން ހަލާކުވެފައިވާތަން ފޮޓޯތަކުން ފެނެއެވެ. މިހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ފެން ލިބުމުގެ ދަތިކަން އޮތްއިރު ކަރަންޓްވެސް ވަނީ ގިނަ ސަރަހައްދުތަކުން ކަނޑައިގެންގޮސްފައެވެ.

މިއަދުގެ ވަގުތެއްގައި އޮބާމާ ވަނީ ނަގޫރޯޅި އެރި ސަރަހައްދު ބައްލަވާލައްވާ ހާލުގައި ޖެހިފައިވާ މީހުންގެ ހާލު ބަލާފައެވެ.

އެމެރިކާގެ ފަހުގެ ތާރީހުގައި މިއީ މިފަދަ ބޮޑު ކާރިސާއެއް ހިނގި ފަހަރުކަމަށް މީޑިއާތަކުން ދަނީ ބުނަމުންނެވެ. 1932 ވަނަ އަހަރު އެމެރިކާއަށް އެރި ނަގޫރޯޅިއެއްގައި 332 މީހުން ވަނީ މަރުވެފައެވެ.


ޓެގް

ނަގޫރޯޅި ތޫފާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.