ރާއްޖޭގެ ޚަބަރު ދިއިސްލާމް އޮންލައިން ނޫހެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފި

ދިއިސްލާމް އޮންލައިން ނޫހެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިއިސްލާމް ވެބްސައިޓްގެ ރަޖިސްޓްރީ

ދިއިސްލާމް އޮންލައިން ނޫހެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފިއެވެ.

2009 ވަނަ އަހަރުގެ ޑިސެމްބާރ 31 ވަނަ ދުވަހު އޮންލައިން ވެބްސައިޓެއްގެ ގޮތުގައި ފެށި 'ދިއިސްލާމް ޑެއިލީ' ޑިޕާޓްމަންޓް އޮފް އިންފޮމެޝަންގައި ރަޖިސްޓްރީ ކޮށްފައިވަނީ 03 އޭޕްރީލް 2011 ގައެވެ. ވަރަށް އާދައިގެ ގޮތެއްގައި ފެށި މިވެބްސައިޓް ފުޅާވަމުން ގޮސް ގިނަ ބަޔަކު މިވެބްސައިޓް ބަލައިގެންފައިވާކަން ދޭހަވަނީ މިވެބްސައިޓަށް ވަންނަ  ކިޔުންތެރިންގެ އަދަދުންނެވެ. ކޮންމެ ދުވަހަކުހެން ޚަބަރާއި މައުލޫމާތުގެ އިތުރުން ފޮޓޯއިން ޚަބަރު ގެނެސްދެމުން ދަނީ ވަރަށް ގިނަ އަޚުންނާއި އުޚުތުންގެ އެހީތެރިކަމާއި އެކުގައެވެ.

އަލްފާޟިލް މުޙައްމަދު ނަޡީފްގެ މަސްއޫލުވެރިކަމުގެ ދަށުން ނެރެވޭ މިއޮންލައިން ނޫހުގެ އެޑިޓަރަކީ އަލްފާޟިލް އަޙުމަދު ޚަލީލް އެވެ. ދިއިސްލާމް ވެބްސައިޓަކީ ދުވާލަކު 1  ފަހަރު އަޕްޑޭޓް ކުރާ ގޮތަށް ހަމަޖެހިފައިވާ އޮންލައިން ނޫހެކެވެ. ދިއިސްލާމްގެ މެނޭޖްމަންޓްއިން ނިންމާފައިވަނީ ކުރިމަގުގައި މިވެބްސައިޓް އިތުރަށް ފުޅާކޮށް އިސްލާމި ހުދޫދުގެ ތެރޭގައި ލިޔުންތައް ގެނެސްދިނުމަށެވެ. އެގޮތުން ތަމްރީނު ލިބިފައިވާ ލިޔުންތެރިން އުފެއްދުމާއި ވަގުތުން ވަގުތަށް ޚަބަރުތައް ގެނެސްދިނުން ހިމެނެއެވެ.

ދިއިސްލާމް އޮންލައިން އަކީ އިސްލާމީ ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގެ ގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ އެންމެ ފުރަތަމަ ނޫހެވެ. މިވެބްސައިޓް ހިންގުމުގައި ކިޔުންތެރިންގެ ބިނާކުރުވަނިވި ފާޑުކިޔުންތަކަށް މަރުޙަބާ ކިޔަމެވެ.

ދިއިސްލާމް ވެބްސައިޓްގައި މިލިޔުމާއި އެކު 1629 ލިޔުން ޝާއިއު ކޮށްފައިވާއިރު ޖުމްލަ 1250 ކޮމެންޓް ވަނީ އެޕްރޫވް ކޮށްފައެވެ. އަދި ގާތްގަޑަކަށް 15 ލިޔުންތެރިން ލިޔަމުންދާއިރު މިހާތަނަށް 287,838ޕޭޖްވިއު ހިމެނެއެވެ

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.