ރާއްޖޭގެ ޚަބަރު ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ފުރަތަމަ ފަހަރަށް ޙާފިޡުން ގެ ބައިގައި 31 ބައިވެރިން ވާދަކުރަނީ

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ފުރަތަމަ ފަހަރަށް ޙާފިޡުން ގެ ބައިގައި 31 ބައިވެރިން ވާދަކުރަނީ

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ފުރަތަމަ ފަހަރަށް ޙާފިޡުން ގެ ބައިގައި 31 ބައިވެރިން ވާދަކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރްއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގައި ފުރަތަމަ ފަހަރަށް ޙާފިޡުންގެ ބައިގައި 31 ބައިވެރިން ވާދަކުރާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި މިއީ މިދިޔަ އަހަރުގެ މުބާރާތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ޙާފިޡުންގެ ބައިގައި ވާދަކޮށްފައިވަނީ 15 ޙާފިޡުންނެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރާއިރު، އޭގެ ތެރޭގައި ބަލައިގެން ކިޔެވުމުގެ ގޮފީގައި 582 ބައިވެރިންނާއި، ނުބަލައި ކިޔެވުމުގެ ގޮފީގައި 424 ބައިވެރިން ހިމެނެއެވެ.

މުބާރާތުގެ ކިޔެވުންތައް ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގައެވެ. އެގޮތުން ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުންތައް އެ މިސްކިތުގެ 4 ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައި ކުރިއަށްދާއިރު، ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުންތައް ކުރިއަށްދާނީ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ޙާފިޡުން އުފެއްދުމާއި އަގުވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާކަމެވެ. މިގޮތުން ޙާފިޡުންނަށް ދެމުންދާ އެލަވަންސް 4000 ރުފިޔާއަށް އިތުރުކުރުމާއެކު، މިއަހަރުން ފެށިގެން ރަމަޟާން މަހުގެ 27 ވިލޭރޭ ޙާފިޡުން ދަސްވެނިވުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ފަށާފައެވެ.

ޓެގް

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތް ޙާފިޡުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.