ރާއްޖޭގެ ޚަބަރު މިސްކިތްތަކަށް ހަދިޔާކުރާ މުސްޙަފުތައް ބެހުމަށް ޖަމިއްޔާއަކާ ހަވާލުކޮށްފި

މިސްކިތްތަކަށް ހަދިޔާކުރާ މުސްޙަފުތައް ބެހުމަށް ޖަމިއްޔާއަކާ ހަވާލުކޮށްފި

މިސްކިތްތަކަށް ހަދިޔާކުރާ މުސްޙަފުތައް ބެހުމަށް ޖަމިއްޔާއަކާ ހަވާލުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިސްކިތްތަކަށް ހަދިޔާކުރާ މުޞްޙަފްތައް ބެހުމުގެ މަސައްކަތް އުއްމީދު ޖަމިއްޔާއާ ހަވާލުކޮށްފިއެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި މިއަދު ދެފަރާތުން ވަނީ ސޮއިކޮށްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވިގޮތުގައި، ގިނަ ކައުންސިލްތަކަކުން މުސްޙަފު ބޭނުންވެގެން އެދެމުންދާތީ، އުއްމީދު ޖަމިއްޔާ މެދުވެރިކޮށް މި ރަށްތަކަށް މުސްޙަފު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން މިސްކިތްތަކަށް ހަދިޔާކުރުމަށް ކައުންސިލްތަކަށް ފޮނުވަމުންދާނީ ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ މުސްޙަފްތަކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ އޭޕްރިލް މަހު ސަޢުދީ ޢަރަބިއްޔާއިން ވަނީ ރާއްޖެއަށް 25,000 މުސްޙަފް ހަދިޔާކޮށްފައެވެ. މިއީ ރާއްޖޭގެ މިސްކިތްތަކަށާއި ޤުރުއާން ކިޔަވައިދޭ މަރުކަޒުތަކަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެކެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް އަންނަނީ ކުރިއަށް ގެންދެވެމުންނެވެ. މީގެ އިތުރުން ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތަކުންނާއި އެހެނިހެން ފަރާތްތަކުން ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ތަފާތު ޕްރޮގްރާމްތައް ވެސް ދަނީ ހިންގަމުންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، ސަޢުދީ ޢަރަބިއްޔާއިން ވެދެއްވަމުންދާ މިފަދަ އެހީގެ ސަބަބުން، ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދެއެވެ. އަދި މިކަމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިސްލާމީ އުޚުއްވަތްތެރިކަން އިތުރަށް ބަދަހިވެގެންދާ ކަމެއް ކަމުގައިވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ޓެގް

މުޞްޙަފު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ މިސްކިތްތައް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.