އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، އެ ނަމާދު ޤަބޫލެއްނުކުރައްވާނެ: ހުކުރު ޚުޠުބާ

އާދަކާދައިގެ މަތީން ކޮށްލާކަމެއްގެ ގޮތުގައި ނަމާދުކޮށްގެން، އެ ނަމާދު ޤަބޫލެއްނުކުރައްވާނެ: ހުކުރު ޚުޠުބާ
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ 2 މިނިޓް

ނަމާދަކީ އާދަކާދައިގެ މަތީން ކޮށްލާ ކަމެއްގެ ގޮތުގައި ހަދައިގެން ނުވާނެ ކަމަށާއި، އެފަދައިން ކުރާ ނަމާދު މާތްﷲ ޤަބޫލެއް ނުކުރައްވާނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. "ނަމާދުގައި ޚުޝޫޢަތްތެރިވުން" މި މައުޟޫޢުގައި ދެއްވި ޚުޠުބާގައި އިތުރަށް ވިދާޅުވީ އީމާންވުމަށްފަހު އަޅާގެ މައްޗަށް އެންމެ މުހިންމު އަޅުކަމަކީ ނަމާދުކަމަށެވެ.

ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި ނަމާދަކީ ދީނުގެ ތަނބެވެ. އަދި ޤިޔާމަތް ދުވަހު ހިސާބު ބެއްލެވޭއިރު، ޚުޝޫޢަތްތެރިކަމާއެކު ފުރިހަމައަށް ނަމާދު އަދާކޮށްފައި ހުރުމަކީ މުހިންމު ކަމެކެވެ. އެއީ އެއާ ނުލައި އެހެނިހެން ޢަމަލުތައް ޤަބޫލުވެވިގެން ނުދާނެ އަޅުކަމަކަށް ވާތީއެވެ.

މުސްލިމުން ފަރުޟު ފަސް ނަމާދު އަދާކުރަންވާނީ ތާހިރުކަންމަތީ، ދެއްކުންތެރިކަމެއް ނެތި، މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކު މާތްﷲއަށް ހިތްނިޔަތް ޚާލިޞްކޮށްގެންވާ ޙާލުގައި ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި ކާމިޔާބުވާނީ ނަމާދުގައި ޚުޝޫޢަތްތެރިވެ ބިރުވެތިވާ މީހުންކަމަށް ވެސް ވިދާޅުވިއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވި ގޮތުގައި ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި މުންކަރާތްތަކުން ދުރުހެލިވާނެއެވެ. އަދި ވައްކަމާއި، ރިޝްވަތާއި، މައިންބަފައިންނަށް އުރެދުމާއި، ބުހުތާނު ދޮގުހެދުން ފަދަ ފާޙިޝް ޢަމަލުތައް ނުކުރާނެއެވެ. ނަމަވެސް ނަމާދުކޮށް އުޅޭ މުސްލިމުންގެ ތެރޭގައި މިފަދަ ޢަމަލުތައް ކުރާ މީހުން މަދެއް ނޫންކަން ފާހަގަކުރައްވައި، މިއީ އަމިއްލަ ނަފުސާ ސުވާލުކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.

"ނަމާދަކީ ތިމާގެ ޙަޔާތުގައި އެންމެ އިސްކަންދޭ އަޅުކަންކަމުގައި ހަދާށެވެ. އެއީ ތިމާއަށް ވަގުތެއް ވީމާ ކޮށްލައި އުޅޭ ކަމަކަށް ނަހަދާށެވެ!" މިހެން ވިދާޅުވަމުން، ނަމާދަށް ހުންނައިރު އެ ހުރެވެނީ ތިމާގެ ޚާލިޤުވަންތަ ﷲއާ މުނާޖާތް ދަންނަވަން ކަން ހަނދާން ބެހެއްޓުމަށް އިރުޝާދު ދެއްވިއެވެ.

މީގެއިތުރުން، ނަމާދުގައި ޚުޝޫޢަތްތެރިވުމަށްޓަކައި މިއަދު އަމަލީގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ނަމާދަށް ފެށުމުގެ ކުރިން މޯބައިލް ފޯނުތައް ނިންވާލުމާއި، ނަމާދު ގަޑީގައި މީހުންނާ ފޯނުން ނުގުޅުން ހިމެނޭކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.