ދިއިސްލާމް ޙާޖީންނަށް ޚާއްޞަކޮށްގެން ބޭއްވި ޤުރުއާން މުބާރާތުގައި 1000 އަށްވުރެ ގިނަ ބައިވެރިން

ޙާޖީންނަށް ޚާއްޞަކޮށްގެން ބޭއްވި ޤުރުއާން މުބާރާތުގައި 1000 އަށްވުރެ ގިނަ ބައިވެރިން

ޙާޖީންނަށް ޚާއްޞަކޮށްގެން ބޭއްވި ޤުރުއާން މުބާރާތުގައި 1000 އަށްވުރެ ގިނަ ބައިވެރިން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަސްޖިދުލް ޙަރާމުގެ ދީނީ ކަންތައްތަކާބެހޭ ރިޔާސަތުން އިންތިޒާމުކޮށްގެން، 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ޙާޖީންނަށް ޚާއްޞަކޮށްގެން ބޭއްވުނު ޤުރުއާން މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

މަސްޖިދުލް ޙަރާމާއި މަސްޖިދުއް ނަބަވީގެ ދީނީ ކަންތައްތަކުގެ ރައީސް، ޝައިޚް ޑރ. ޢަބްދުއްރަޙްމާން އައްސުދައިސްގެ ޝަރަފުވެރިކަމުގެ ދަށުން ބޭއްވުނު މި ރަސްމިއްޔާތުގައި، މަސްޖިދުލް ޙަރާމުގެ އިމާމާއި ޚަޠީބު ޝައިޚް ޑރ. މާހިރު އަލްމުޢައިޤުލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދެ ޙަރަމްފުޅުގެ ކަންތައްތައް ބަލަހައްޓާ ޖެނެރަލް ޕްރެޒިޑެންސީން އިންތިޒާމުކޮށްގެން ބޭއްވުނު މި މުބާރާތުގައި، ޙައްޖަށް ވަޑައިގެންނެވި އެކި ޤައުމުތަކުގެ 1000 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށްގެންދެވުނީ ޛުލްޤަޢިދާ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޛުލްޙިއްޖާ މަހުގެ 1 ވަނަ ދުވަހާ ހަމައަށެވެ.

މި މުބާރާތުން އެއްވަނަ ހޯދި މިޞްރުގެ ޢިލްމުވެރިޔާ ޙަމާދާ މުޙައްމަދު އައްސައްޔިދަކީ ޠަންޠާގައި ހުންނަ އަލް-އަޒްހަރު ޔުނިވަރސިޓީގެ ޤުރުއާން ކިޔެވުމާއި ޤުރުއާނީ ޢިލްމުތަކުގެ ފެކަލްޓީގެ މުދައްރިސެކެވެ. އޭނާ ވަނީ މުޅި ޤުރުއާން ހިތުދަސްކުރުމުގެ ގިންތިން އެއްވަނަ ހާސިލުކޮށްފައެވެ.

މުބާރާތުގެ މައިގަނޑު މަޤްޞަދަކީ "ޤުރުއާނުގެ މެސެޖު ފޯރުކޮށްދިނުމާއި، އޭގެ ހިދާޔަތް ދުނިޔެއަށް ފެތުރުމާއި، ﷲގެ މެހެމާނުންނަށް ފުރިހަމަ، އީމާންކަމުގެ މައްޗަށް ބިނާވެފައިވާ ޤުރުއާނީ ތަޢުލީމީ މާޙައުލެއް ފޯރުކޮށްދިނުން" ކަމުގައި ބަޔާންކޮށްފައިވެއެވެ.

މި އަހަރުގެ ޙައްޖުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.7 މިލިއަނަށްވުރެ ގިނަ ޙާޖީން ބައިވެރިވެފައިވާއިރު، މި މުބާރާތަކީ މި މުޤައްދަސް ދަތުރުގައި ޤުރުއާނުގެ ރޫޙާނީ އަސަރު އިތުރުކޮށް، ޙާޖީންގެ މެދުގައި ޤުރުއާނީ ތަޢުލީމުގެ ފެންވަރު މަތިކުރުމަށް މަގުފަހިކޮށްދިން މުހިންމު ހަރަކާތެއް ކަމުގައި ފާހަގަކުރެވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.