ދީނީ ލިޔުން ޤުރުއާނާއި ގުޅޭ މުހިންމު 7 ފޮތް އޮންލައިންކޮށް ކިޔާލާ!

ޤުރުއާނާއި ގުޅޭ މުހިންމު 7 ފޮތް އޮންލައިންކޮށް ކިޔާލާ!

ޤުރުއާނާއި ގުޅޭ މުހިންމު 7 ފޮތް އޮންލައިންކޮށް ކިޔާލާ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝުޢައިބް ޢަލީ ގެ މުހިންމު 7 ފޮތް މިހާރު އޮންލައިންކޮށް ކިޔާލެވޭނެއެވެ. ދިއިސްލާމް އޮންލައިން މެދުވެރިކޮށް މިފޮތް ޑައުންލޯޑް ކުރެވޭނެއެވެ. ޝުޢައިބު ޢަލީގެ މިފޮތްތަކަށް ހާއްސަ ސަފްހާއެއް ދިއިސްލާމްގައި ވާނީ ޝާއިއުކޮށްފައެވެ. ހާއްސަ ސަފްހާއަށް ފިތާލާ!

މިފޮތްތަކަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއެރޒް އިން ފާސްކޮށްފައިވާ ފޮތްތަކެކެވެ. ދިވެހި އަދި އަރަބި ބަހުން ލިޔެވިފައިވާ މި ފޮތްތަކަކީ ޤުރުއާނުގެ ޢިލްމު  އުނގެނޭ ފަރާތްތަކަށް ވަރަށް ބޭނުންތެރި ފޮތްތަކަކަށް ވެގެންދާނެއެވެ.

މި 7 ފޮތް ލިޔުއްވާފައިވަނީ ޝުޢައިބު ޢަލީ އެވެ. ޝުޢައިބު ޢަލީ އަކީ ޤުރުއާން އުނގަންނައިދިނުމުގައި ދުވަސްތައް ހޭދަކުރަށްވަމުން އަންނަ ފަރާތެކެވެ. ޝުޢައިބު ޢަލީ ލިޔުއްވާފައިވާ މިފޮތްތަކަކީ ކީރިތި ޤުރުއާންގެ ޢިލްމު އުނގެނޭ ދަރިވަރުންނަށް ވަރަށް ބޭނުންތެރި ފޮތްތަކެކެވެ. ތަމްރީނު ހިމެނޭ މިފޮތްތަކުގައި ޤުރުއާން ކިޔަވައިދޭ އެދުރުންނަށްވެސް ބޭނުންތެރި ފޮތަކަށް ވާނެއެވެ.

މިފޮތްތަކާއި ބެހޭ ގޮތުން ޝުޢައިބު ޢަލީ ވިދާޅުވީ "އަޅުގަނޑު ލިޔުނު ހުރިހާ ފޮތްތަކަކީ އެންމެ ފުރަތަމަ އަޅުގަނޑުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ލިޔުނު ފިލާވަޅުތެއް" ކަމަށާއި "ދުޢާ އަކީ މި ފޮތްތަކަކީ އެންމެންނަށް ވެސް ފައިދާ ހުރި ފޮތަކަށް ވެގެންދިއުމެވެ." ޝުޢައިބު ވިދާޅުވިއެވެ.

ޝުއައިބު ޢަލީގެ މިޢިލްމީ ފޮތްތަކުގެ ސަބަބުން ގިނަބަޔަކަށް މަންފާކުރެއެވެ.

ފޮތްތައް ޑައުންލޯޑް ކުރައްވާ:

ޓެގް

ޝުޢައިބު ޢަލީ ތަކުރުފާނުގެ ފޮތްތައް ޝުޢައިބު ޢަލީ ތަކުރުފާނު މިފޮތް ކިޔާލާ ފޮތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.