ދުނިޔެ އިމާރާތުން ރާއްޖެއަށް ދެ ސެނިޓައިޒޭޝަން ޓްރަކު ހަދިޔާ ކުރައްވައިފި

އިމާރާތުން ރާއްޖެއަށް ދެ ސެނިޓައިޒޭޝަން ޓްރަކު ހަދިޔާ ކުރައްވައިފި

Emirates in Raajjeah Dhe Sanitization Truck Hadhiya Kuravvaifi

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިމާރާތު (ޔޫއޭއީ އިން) ރާއްޖެއަށް ދެ ސެނިޓައިޒޭޝަން ޓްރަކު ހަދިޔާ ކުރައްވައިފިއެވެ.

އިމާރާތުން މިޓްރަކުތައް ހަދިޔާ ކުރެއްވުމާއި ވިދިގެން، ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ ޝާހިދު އިއްޔެ ކުރައްވާފައިވާ ޓްވީޓޭއްގައި ވަނީ އިމާރާތު ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއެހީގެ ސަބަބުން ކޯވިޑް 19 އާއި އިދިކޮޅަށް ކުރެވެމުންދާ މަސައްކަތަށް، މިޓްރަކުތަކުގެ ސަބަބުން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިގޮތުން ފޮރީން މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި އިމާރާތުން ރާއްޖެއަށް ހަދިޔާ ކުރައްވާފައިވާ މިދެސެނިޓާއިޒޭޝަން ޓްރަކުގެ އެހީގައި، ޢާއްމު ތަންތަން ސެނިޓައިޒް ކުރުމުގެ މަސައްކަތް (އިރާދަކުރެއްވިއްޔާ) ކުރިއަށްދާނެ އެވެ.

ކޯވިޑް 19 އާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި މީގެ ކުރިންވެސް ރާއްޖެއަށް އެހީތެރި ވެދެއްވާފައިވާ އިމާރާޓުން ދަނޑިވަޅުގައި، މީގެ ކުރިންވަނީ ރާއްޖެއަށް 77.3 މިލިއަށް ރުފިޔާޣެ ޞިއްޙީ ސާމާނު ރާއްޖެއަށް ހަދިޔާ ކުރައްވާފައެވެ. މީގެ އިތުރުން، މިދިޔަ މާޗް މަހުގެ 9 ވަނަ ދުވަހު ހިލޭ އެހީގެ ގޮތުގައި އިމާރާތުން އިން ރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިނިސްޓަރ ޝާހިދު ސޮއިކުރައްވާފައިވާ ކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން މަޢުލޫމާތު ދެއްވައެވެ.

ޓެގް

އިމާރާތު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.