އެހީ! ލުބްނާނަށް އެހީތެރިވުމަށް އައިއޭސީއިން ރާއްޖޭގައި ރިލީފް ކެމްޕެއިނެއް ފަށައިފި

ލުބްނާނަށް އެހީތެރިވުމަށް އައިއޭސީއިން ރާއްޖޭގައި ރިލީފް ކެމްޕެއިނެއް ފަށައިފި

Lebanonah Ehytherivumah IAC in Raajjeyga Relief Campaigneh Fashaifi

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލުބްނާނުގެ ބައިރޫތުގައި ހިނގި ބާރުގަދަ ގޮވުމުގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ފައްޓަވައިފިއެވެ.

އައިއޭސީއިން ވިދާޅުވާ ގޮތުގައި މިކެމްޕޭނުގެ ދަށުން އެހީތެރިވުމަށް ހަމަޖެހިފައިވަނީ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ކާބޯތަކެއްޗާއި، ކުއްލި ފަރުވާ އާއި އެކަމަށް ބޭނުންވާ ތަކެއްޗާއި އަދި ސާފުތާހިރުވުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށެވެ. މީގެ އިތުރުން ވަގުތީ ގެދޮރާއި، ބޭސްފަރުވާ އާއި، މިޙާދިޘާގެ ސަބަބުން ކުރިމަތިވެފައިވާ ނަފްސާނީ ގެއްލުންތަކަށް އެހީތެރިކަމާއި ފަރުވާ ފޯރުކޮށްދިނުމަށާއި، ގެދޮރު މަރާމާތު ކުރުމުގެ ގޮތުންވެސް މިފަންޑަށް ލިބޭ ފައިސާ ބޭނުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. (އިން ޝާއަ ﷲ)

މިމަހުގެ 4 ވަނަ ދުވަހު ބައިރޫތުގެ ބަނދަރުގައި ގޮވި ބާރުގަދަ ގޮވުމާއި އެކު 150 އަށް ވުރެ ގިނަ މީހުން މަރުވެ، 6000 އާއި ގާތް ކުރާ ޢަދަދެއްގެ މީހުންވަނީ ޒަޚަމުވެ، އެކިވަރުގެ ގެއްލުންވެފައެވެ. އަދި ހަމަ އެފަދައިން 3 ލައްކައަށްވުރެ ގިނަ މީހުންގެ ގެދޮރު މިޙާދިޘާގައި ގެއްލިފައިވާކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ. އަދި ބައެއް ފަރާތްތަކުން އަދިވެސް ދިރިއުޅެމުން ގެންދަނީ ހަލާކުވެ، ގެއްލުން ލިބިފައިވާ ގެތަކުގައި ކަމަށްވެސް ޚަބަރު ފަތުރާ ވަސީލަތްތަކުން ވިދާޅުވެއެވެ.

އެހީތެރިކަން ފޯރުކޮށްދެއްވުމަށް ފައިސާ ޖަމާކުރައްވާނީ އައިއޭސީގެ ބީއެމްއެލް އިސްލާމިކްގެ 7770000026259 މި އެކައުންޓު ނަންބަރަށެވެ. މިކެމްޕެއިނާއި ބެހޭ އިތުރު މަޢުލޫމާތު އައިއޭސީގެ ފޭސްބުކް ޞަފްޙާ އިން ނުވަތަ 9122121 މިނަންބަރަށް ގުޅުއްވާލެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ލުބްނާނުގައި ގޮވާފައިވާ ބާރުގަދަ ގޮވުމާއި ވިދިގެން ދީނީ އެކުއެކު މުއައްސަސާތަކުން ދަނީ އެޤައުމަށް އެހީތެރިކަން ފޯރުކޮށްދެއްވާ، އެއީ ދީނީ ވާޖިބެއްކަމަށް ދެކިގެން ކުރުމަށް ގޮވާލައްވާފައެވެ.

ޓެގް

ރިލީފް ކެމްޕެއިން އައިއޭސީ ބައިރޫތުގެ ބާރުގަދަ ގޮވުން ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.