ދުނިޔެ ކޯވިޑް 19 ފެތުރެނީ މިސްކިތްތަކަކުން ނޫން: ޕާކިސްތާނުގެ ބޮޑު ވަޒީރު

ކޯވިޑް 19 ފެތުރެނީ މިސްކިތްތަކަކުން ނޫން: ޕާކިސްތާނުގެ ބޮޑު ވަޒީރު

Covid 19 Fethureny Miskiyythakakunneh Nun: Pakistange Bodu Vazeeru

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޯވިޑް 19 ފެތުރެނީ މިސްކިތްތަކަކުން ނޫން ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާން ވިދާޅުވާ ގޮތުގައި ޕާކިސްތާނުގައި މިހާރު މިސްކިތްތައް ހުޅުވާލެވިފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންތިބެ ނަމާދުކުރާ ގޮތަށްކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާތޯ ބަލާ، އެކަމަށް ހިތްވަރުދޭ ބަޔަކު އެޤައުމުގައި އެބަ ތިބި ކަމަށެވެ.

ޢިމްރާން ޚާން ވަނީ ޕާކިސްތާނުގެ މިސްކިތްތަކުގައި ސަލާމަތީ އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަގަޅަށް އަޅާތޯ ބެއްލެވުމުގެ ގޮތުން "ޓައިގާ ފޯސް" ގެ ނަމުގައި ޓާސްކު ފޯހެއް އުފައްދަވާފައެވެ. މީގެ އިތުރުން ޓައިގާރ ފޯހުން ބާޒާރުގައި ވިއްކާ ތަކެތީގެ ކޮންޓްރޯލު ކޮށް، ކާބޯތަކެތި ފޮރުވައިގެން ގެންގުޅޭ މީހުން ހޯދާ، އެހީތެރިކަމަށް ބޭނުންވާ މީހުންނަށް ލުއިފަސޭހަ ކޮށްދީ، އަދި ޕާކިސްތާނު ފެހިކޮށް ބޭއްވުން ކަމަށް ޢިމްރާން ޚާން ވިދާޅުވެފައިވެއެވެ.

ޢިމްރާން ވިދާޅުވެފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކުގެ ނުރުހުމާއި އެކުވެސް ޤައުމު ހުޅުވާލައްވާފައިވަނީ ވައިރަސް ފެތުރުނު ކަމުގައިވިޔަސް، ލޮކްޑައުންގެ ސަބަބުން ޤައުމުތައް ބަނގުރޫޓުވެ، މަސައްކަތް ނުކުރެވުމުގެ ސަބަބުން ރައްޔިތުން ބަނޑަށްޖެހޭތީކަމަށެވެ. އެހެނަސް މާބޮޑަށް ވަކި ސަރަޙައްދެއްގައި ފެތުރޭނަމަ، އެސަރަޙައްދެއް ބަންދު ކުރައްވާނޭކަމަށް ޢިމްރާން ވިދާޅުވެފައިވެއެވެ.

"ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރާނެ މީހުން ބޭނުން. ހޭލުންތެރިކަން އުފައްދާނެ މީހުން ބޭނުން.  މަސައްކަތް ކުރާނެ މީހުން ވެސް ބޭނުން." ޢިމްރާނު ވިދާޅުވެފައިވެއެވެ.

ޕާކިސްތާނުގެ ލޮކްޑައުނަށް ލުއިދެވުމާއި އެކީ، އެޤައުމުގައި ކޯވިޑް 19 ފެތުރޭ މިންވަރުދަނީ އިތުރުވަމުންނެވެ. މިދިޔަ މެއި މަހުގެ ސަޢޫދީ ޢަރަބިއްޔާއިންވެސް ލޮކްޑައުނަށް ލުއިދެއްވުމާއި އެކު، އެޤައުމުގައި ކޯވިޑް 19 އަނެއްކާވެސް ފެތުރުން އިތުރުވުމުގެ ސަބަބުން މިހާރުވަނީ މެއި މަހުގެ 31 ވަނަ ދުވަހު މިސްކިތް ހުޅުވާލުމަށް ހުއްދަ ދެވުމަށްފަހު އަނެއްކާވެސް ބަންދު ކުރެވިފައެވެ.

ޓެގް

ޢިމްރާން ޚާން ކޯވިޑް 19 ދިއިސްލާމް ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.