ދުނިޔެ ޑރ ޒާކިރު ނައިކު ހަވާލުކުރުމަށް އިންޑިޔާ ސަރުކާރުން އެދިއްޖެ

ޑރ ޒާކިރު ނައިކު ހަވާލުކުރުމަށް އިންޑިޔާ ސަރުކާރުން އެދިއްޖެ

ޑރ ޒާކިރު ނައިކު ހަވާލުކުރުމަށް އިންޑިޔާ ސަރުކާރުން އެދިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޑރ ޒާކިރު ނައިކު އެމީހުންނާއި ހަވާލުކުރުމަށް އިންޑިޔާ ސަރުކާރުން ރަސްމީކޮށް މެލޭޝިޔާ ސަރުކާރުގައި އެދިއްޖެއެވެ.

ނިޔު ދިއްލީގެ ނޫސް އޭޖެންސީއެއް ކަމަށްވާ އޭޝިއަން ނިޔުސް އޭޖެންސީއިން މިޚަބަރު ރިޕޯޓުކުރަމުން ބުނެފައިވާ ގޮތުގައި އިންޑިޔާ ސަރުކާރުން މިހާރު ޒާކިރު ނައިކް ހަވާލުކުރުމަށް މެލޭޝިޔާ ސަރުކާރުގައި އެދި، އެކަމަށް މަސައްކަތް ކުރަމުން އެބަދާކަމަށެވެ.

އިންޑިއަން ނެޝަނަލް އިންވެސްޓިގޭޝަން އޭޖެންސީ (އައިއެންއައިއޭ) 2017 އިން ފެށިގެން ޑރ ޒާކިރް ނައިކު ތަޙްޤީޤުކޮށް، ހިފެހެއްޓުމަށް މަސައްކަތްކޮށްފައިވެއެވެ. އަދި ޑރ ޒާކިރު ނައިކުގެ އިސްތަށިފުޅުގައި ޓެރަރިޒަމްގެ ކުށުގެ ދައުވާއާއި ގަސްދުގައި ފައިސާއަށް ޚިޔާނާތްތެރިވެ، މަނީ ލޯންޑަރ ކުރުމުގެ ތުހުމަތު އަޅުވާފައެވެ. އެހެނަށް ޑރ ޒާކިރު ނައިކުވަނީ މިއީ ސިޔާސީ ބޭނުމެއްގައި ކުރެވޭ ތުހުމަތު ތަކެއްކަމަށް ވިދާޅުވެފައެވެ.

ކެނެޑާއާއި އިނގިރޭސި ވިލާތުން ޑރ ޒާކިރު ނައިކު ވިސާއަށް ދިނުމަށް އިދިކޮޅު ހެދުމުން ޑރ ޒާކިރު ނައިކު މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ މެލޭޝިޔާގައި، އެޤައުމުގެ ދާއިމީ ރަށްވެހިކަން ހޯއްދަވައިގެންނެވެ. އެހެނަސް މެލޭޝިޔާގައިވެސް ޑރ ޒާކިރު ނައިކަށް ދަރުސް ދެއްވުމުގެ ހުއްދަވަނީ ބާޠިލު ކުރެވިފައެވެ.

އިންޑިޔާގެ އިތުރުން މިހާރު އިނގިރޭސި ވިލާތުންވެސް ވަނީ، ޑރ ޒާކިރު ނައިކުގެ އިސްލާމިކް ރީސާޗް ސެންޓަރުގެ ކަންކަން ހިނގާ ގޮތް ތަޙްްޤީޤުކުރަށް ފަށައިފައެވެ. ޑރ ޒާކިރު ނައިކުވަނީ ޔޫޓިއުބް ވީޑިއޯ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން އިންޑިޔާގައި މިހާރު އިސްލާމޮފޯބިޔާ ވަރަށް ބޮޑުވެފައިވާކަމަށް ވިދާޅުވެ، އެހެނަސް އިންޑިޔާގެ މުސްލިމުންނަށް ނުބައި ކަންކަން ރަގަޅުކަން މެދުވެރިކޮށް ދުއްވާލުމަށް އަދި ޞުލްޙަވެރިކަށް އިޚްތިޔާރުކުރުމަށް ނަޞޭޙަތްތެރިވެ ވަޑައިގެންފައެވެ.

ޓެގް

ޑރ ޒާކިރު ނައިކު އޭޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.