ސުފުރާ ކަނަމަދު ޗޮކްލެޓް ފަޖް

ކަނަމަދު ޗޮކްލެޓް ފަޖް

ކަނަމަދު ޗޮކްލެޓް ފަޖް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭނުންވާނެ ތަކެތި

  • 3 މޭޒުމަތީ ސަމްސާގެ ބަޓަރު
  • 1 ޖޯޑު ގެރިކިރު
  • 1/2 ޖޯޑުގެ ކޮކޯ ޕައުޑަރ
  • 40 މާރީ ބިސްކޯދު
  • 40 ގްރާމް ކަނަމަދު
  • 1 ސައިސަމްސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

މާރީ ބިސްކޯދުތައް ހަރުފަޅިއަސް ފަޅާލާށެވެ. ފަޖް އަޅަން ބޭނުންކުރާ ތަށީގައި ވަށައިގެން ބަޓަރ ހާކާލާށެވެ. ތަވައެއް ހޫނުކުރުމަށްފަހު މަޑު ގިނީގައި ބާކީހުރި ބަޓަރުކޮޅު ވިރުވާލާށެވެ. އެއަށްފަހު ގެރިކިރާއި ކޮކޯ ޕައުޑަރ އަދި ވެނީލާ އެސެންސް އެޅުމަށްފަހު4 ވަރަކަށް މިނެޓް ވަންދެން ރަނގަޅަށް އެއްވަންދެއް ކައްކާލާށެވެ. އެއަށްފަހު އެއިގެ ތެރެއަށް ބިސްކޯދާއި ކަނަމަދު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ބަޓަރު އުނގުޅި ތަށީގެ ތެރެއަށް ތަވާގައިހުރި ބިސްކޯދުތައް އެޅުމަށްފަހު2 ގަޑިއިރު ވަންދެން އައިސްއަލަމާރީގައި ބަހައްޓާށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.