ސުވާލާއި ޖަވާބު ޒުވާންދުވަސްވަރު ދަރިފުޅަކު މަރުވެއްޖެނަމަ އޭނާއަށްޓަކައި ކޮށްދެވޭނެ ކަމަކީކޮބާ؟

ޒުވާންދުވަސްވަރު ދަރިފުޅަކު މަރުވެއްޖެނަމަ އޭނާއަށްޓަކައި ކޮށްދެވޭނެ ކަމަކީކޮބާ؟

ޒުވާންދުވަސްވަރު ދަރިފުޅަކު މަރުވެއްޖެނަމަ އޭނާއަށްޓަކައި ކޮށްދެވޭނެ ކަމަކީކޮބާ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުވާލު: ޒުވާން ދަރިފުޅަކު މަރުވެއްޖެނަމަ އޭނާއަށްޓަކައި ކޮށްދެވޭނެ ކަންތަކަކީ ކޮބާ، ކުރުމަށް ޚާއްޞަދުޢާއެއް ލިބިދާނެތޯ؟ އަދި އޭނާއަށްޓަކައި ހޭދައެއް ކުރުމަށް ބޭނުންވެއްޖެނަމަ، ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ ކޮބާ؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މައްޔިތާއަށް ޓަކައި ކޮށްދެވޭނެ އެއްމެ ހެޔޮ، ރަނގަޅު ކަމަކީ ހެޔޮ ދުޢާއެވެ. މައްޔިތާގެ ފާފަ ފުއްސަވައި ރަޙުމަތް ލައްވާތޯ، އޭނާގެ ގަބުރަކީ ސުވަރުގޭގެ ބަގީޗާތަކުން ބަގީޗާއެއްކަމުގައި ލައްވައިތޯ މައްޔިތާއަށް ޓަކައި ކުރެވޭ ހެޔޮ ދުޢާއަކީ އޭނާއަށް ފައިދާ ހުރި އެއްޗެކެވެ. ވަކި ދުޢާއެއް ކުރުމުގެ ބަދަލުގައި އަމިއްލަ ބަހުން ދުޢާ ކުރުން ވެސް ރަނގަޅެވެ. ހަމަ އެފަދައިން އޭނާގޭ ފަރާތުން ޞަދަޤާތާއި ޚައިރާތު ކުރުމަކީ މަޝްރޫޢު ކަމެކެވެ. އޭނާއަށް ޘަވާބު ލިބުން އެދި ޞަދަޤާ ޖާރިއާ (ދެމިގެންވާ) ޞަދަގާތެއް ކުރުމަކީ އެ ސަދަގާތުގެ އަސަރު ދުނިޔޭގައި ހުރިހައި ހިނދަކު މައްޔިތާއަށް ފައިދާ ކުރާނެ ކަމެކެވެ.
والله أعلم

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.