ފޮޓޯތަކުން އެފެނިވަޑައިގަންނަވަނީ، އިއްޔެރޭ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގެ ރަށްބޭރުގައިވާ ސަހަރެއްގައި ހުންނަ ޕްލާސްޓިކް ޕްރޮސެސްކުރާ ފެކްޓަރީއެއްގައި ހިނގި އަލިފާން ރޯވުމުގެ ހާދިޘާއެއްގެ މަންޒަރުތަކެވެ. 15 ފޫޓްގެ އުސްމިނަށްވެސް އަލިފާންގަނޑު އަރާފައިވާކަމަށް ނޫސްވެރިއަކު ރިޕޯޓްކޮށްފައިވެއެވެ.
މިހާދިޘާގައި އެއްވެސް މީހަކު މަރުވެފައިވާކަން ރިޕޯޓް ކުރެވިފައި ނުވިއަސް، މިހާތަނަށް ހިނގާފައިވާ މިފަދަ އަލިފާން ނަގޫރޯޅީގެ އެންމެ ނުރައްކާތެރި ޙާދިޘާކަމަށް ވާ 1923 ވަނަ އަހަރު ޖަޕާނަށް އައި ގްރޭޓް ކެންޓޯ ބިންހެލުމުގެ ޙާދިޘާގައި ވަނީ އެންމެ 15 މިނެޓް ތެރޭގައި 38000 މީހުން މަރުވެފައެވެ.


ކޮމެންޓް (0)
ލޯޑް ކުރަމުން...