ކުޑަކުދިން ސޯޝަލް ނެޓްވޯރކްތައް ބޭނުންކުރުމާއި މެދު އެމެރިކާ ރައީސް އޮބާމާގެ އަނބިކަނބަލުން މިޝޭލް އޮބާމާ ބަހުސްކުރައްވައިފިއެވެ. މިހާރަކަށް އައިސް މުޅިދުނިޔޭގެ ހުރިހާ ރައްޔިތުންގެ މަޤްބޫލްކަން ހޯދަމުން އަންނަ ނެޓްވޯރކެއް ކަމަށްވާ "ފޭސް ބުކް" ގިނަ އަދަދެއްގެ ކުޑަކުދިން އެކިގޮތްގޮތައް ބޭނުންކުރަމުންދާތީ އެކަމަކީ އެކަމަނާ އެއްގޮތަކަށްވެސް ތާޢިދު ކުރައްވާނެކަމެއް ނޫންކަމަށް ވިދާޅުވެ އެއިގެ ހެއްކެއްގެ ގޮތުގައި އެކަމާނާގެ ދަރިކަނބަލުންނާއިމެދު ގެންގުޅުއްވާ ހަރުކަށި ފިޔަވަޅުވެސް ހާމަކުރެއްވިއެވެ. އެކަމާނާގެ ދެ ދަރިކަނބަލުން މާލިއާ، 12 ،އަދި ސާޝާ،9 ، ކައިރި މުސްތަޤްބަލެއްގައިވެސް މި އިން އެއްވެސް ސޯޝަލްނެޓްވޯރކެއް ބޭނުން ކުރުމަށް ހުއްދަ ނުދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
ފޭސްބުކް ރަސްމީ ޤަވާއިދުގައިވެސް ވާގޮތުން އުމުރުން 13 އަހަރުނުފުރޭ ކުޑަކުދިން ރަޖިސްޓަރީ ނުކުރުމަށް ލިޔެފައިވެއެވެ. އެހެންނަމަވެސް އުމުރު އޮޅުވާލައިން ގިނަ އަދަދެއްގެ ކުޑަކުދިން ފޭސްބުކް ބޭނުން ކުރަމުންދާކަން ފާހަނގަ ކުރެވެއެވެ. މިއީ، ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ މިފަދަ ޒަމާނެއްގައި، އެ ޤައުމެއްގެ މުޖްތަމަޢަށާއި ހާލަތަށް ބަލައި ކޮންމެ ބެލެނިވެރިޔަކުވެސް ވިސްނާލުން މުހިއްމު ކަމެއް އެހެން ނޫންތޯއެވެ؟

ކޮމެންޓް (0)
ލޯޑް ކުރަމުން...