ސުވާލާއި ޖަވާބު ލޭގެ ކުލަ ފެނުމުން ރޯދަ ގެއްލޭނެތޯ؟

ލޭގެ ކުލަ ފެނުމުން ރޯދަ ގެއްލޭނެތޯ؟

ލޭގެ ކުލަ ފެނުމުން ރޯދަ ގެއްލޭނެތޯ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުވާލު: އަޅުގަނޑު ޕީރިއަޑު ރަނގަޅުވެގެން 1 ރޯދަ ހިފިފަހުން ދެވަނަ ރޯދައަށް ހުރެފައި އެދުވަހު މެންދުރުފަހު ފާހާނައަށް ދިޔައިރު ކުޑަކޮށް ލޭގެ އަސަރު ހުރި. އަދި އޭގެ ފަހުން އެއްވެސް އަސަރެއް ނުފެނެއެވެ.ވީމާ އަހައެދުވަހުގެރޭ ފެންވަރައިގެން އަނެއްދުވަހު ރޯދަ ހިފުން ރަނގަޅުވާނެތޯއެވެ؟ އަދި ދޭތެރެއިން ހިފުނު 1 ރޯދަ ކަމުދާނެތޯއެވެ؟

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد

ޕީރިއަޑްގެ ލެޔަކީ ކަޅުރަތް ކުލައިގެ ލެޔެކެވެ. ވީމާ، ޕީރިއަޑްގެ ލޭ ނާންނަހާ ހިނދަކު ރޯދަ އާއި ނަމާދުގެ އަޅުކަން އަދާ ކުރަން ޖެހޭނެއެވެ. ޕީރިއަޑްލޭ ފިޔަވާ ކުރިމަތީ ފަރާތުން އަންނަ ލެޔަކީ އިސްތިޙާޟާގެ ލެޔެވެ. މިފަދަ ލޭ އައުމަކުން ނަމާދު ކުރުމާއި ރޯދަ ހިފުން ދޫކޮށްލާކަށް ނުޖެހޭނެއެވެ. والله أعلم

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.